49 މެމްބަރުންގެ ވޯޓާއެކު އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އާހިދު އައްޔަން ކުރުމަށް ފާސްކޮށްފި

49 މެމްބަރުންގެ ވޯޓާއެކު އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އަލްއުސްތާޛް އަހުމަދު އާހިދު ރަޝީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަ...

30 Aug 2021 | 08:26

49 މެމްބަރުންގެ ވޯޓާއެކު އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އަލްއުސްތާޛް އަހުމަދު އާހިދު ރަޝީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުވި 4 ބޭފުޅުންނާއި މަޖިލީހުގެ މިނިވަން މުވައްސަސާ ކޮމެޓީން ވަނީ އިންޓަރވިއު ކުރުމަށް ފަހު އެވެ. އަދި އާހިދުގެ ނަން އޮތީ ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވި ލިސްޓުގެ ދެވަނައިގަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވި 4 ނަމަކީ އަލްއުސްތާޛް ޝިހާމް މުހައްމަދު ވަހީދު އާއި އަލްއުސްތާޛް އަހުމަދު އާހިދު ރަޝީދު އާއި އަޒްލީމާ އަހުމަދު، އިތުރުން މަރިޔަމް އަލީމް އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި ޙުސައިން ފިޔާޒް މޫސާ މިދިޔަ މާރޗު މަހުގެ 21 ވަނަ ދުވަހު އިސްތިއުފާދެއްވާފައިވާތީ އެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާއިބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ބޭފުޅެކެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި 13 ޖުލައި 2014 ގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އޮފީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް