އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖލީހުގެ މެމްބަރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަދެވަޑައިގަތީ ރީތިގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހް އިސްތިއުފާ ދިނުމަށް އެދުމަށްކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ ރައީސް އޮފީހުގެ ބޭރުގައި އިދިކޮޅު މެމްބަރުން ތިއްބަވައިގެން މީޑިއާއާ ބައްދަލުކޮށް ދެއްކެވި ވާހަކަައިގައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އޯޑިއޯއެއް ލީކްވެފައި ވާތީ އެކަމާގުޅިގެން އިދިކޮޅަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގައި އިހުތިޖާޖު ކުރުމަށްފަހު ރައީސް އޮފީހަށް ވަނީ ވަޑައިގެންފައެވެ.
ޝިޔާމް ވިދާޅުވީ ރައީސް އޮފީހަށް އައީ ރައީސް ޞާލިހާ ބައްދަލުކުރުމަށް ކަމަށާއި، އަދި ބައްދަލުކުރުމަށް ވަގުތުކޮޅަކަށް އެދިފައިވާކަމަށެވެ. އަދި ރައީސް ޞާލިހާއި ބައްދަލުކުރަނީ ރައީސް ޔާމީންގެ ޝަރީއަތަށް ރައީސް އޮފީހުން ނުފޫޒު ފޯރުވާފައިވާތީ އެކަމުގައި އެމަނިކުފާނު އިސްތިއުފާ ދިނުމަށް އެދުމަށްކަމަށެވެ.
ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވި ގާޒީން ބެންޗުގައި ހިިމެނޭ ގާޒީއެއްގެ އޯޑިއޯއެއް ރާއްޖޭގެ ބައެއް މީޑިއާތަކަށް ލިބިފައި ވާއިރު، އެ އޯޑިއޯގައި ގާޒީ ބުނެފައިވަނީ ޔާމީނަށް ހުކުމް އިއްވީ ގާޒީން ރަހީން ކޮށްގެން ކަމަށާއި، ހުކުމުގައި އޮތް އެއްޗެއްވެސް ނޭނގޭކަމަށެވެ.
ލީކުވި އެ އޯޑިއޯގައި ވާހަކަދައްކަވާފައި ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް