ގިނަ ފެންލީކް ތަކަކީ އަމިއްލައަށް ހައްލުކޮށް ލެވޭނެ ކަންތައްތައް ކަމަށް ޢާންމުނަށް އަންގައިދިނުމަށް އެމްޑަބްލިއުއެސްސީ އިން ތައްޔާރުކުރި ވީޑިއޯ އަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.
އެ ކުންފުނިން ޢާންމުކޮށްފައިވާ ކުރު ވީޑިއޯގައި ތުއްތު ދެ ކުދިން މެދުވެރިކޮށް ޢާންމުންނަށް ގެނެސްދީފައިވަނީ ވަރަށް ވެސް މުހިންމު މެސެޖެކެވެ.
އެގޮތުން ގޭގައި ފެން ލީކު ވާނެ ގޮތް ބެލުމަށް ހުރިހާތަނެއް ބަންދު ކުރުމަށްފަހު، މީޓަރު ހިނގައިތޯ ބެލުމަށް އެ ވީޑިއޯގައި ވަނީ ބުނެދީފަ އެވެ. އަދި ހޮޅިތަކާއި ޖޮއިންޓްތަކުން ފެން ލީކު ވޭތޯ ބެލުމަށް ފަހު، ފެން ލީކުވާ އަޑު އިވޭތޯ ބެލުމަށް އެ ހެދިދާނެ ވަރަށް ފަސޭހަ ގޮތްތައް މި ވީޑިއޯގައި އެކުދިން ވަނީ ދައްކުވައިދީފަ އެވެ.
މި ވީޑިއޯ ގައި ފެން އިސްރާފުވުން ހުއްޓުވުމަށާއި ފެން ލީކުތައް މަރާމާތު ކުރުމަކީ މުހިންމު ކަމެއްކަން އަންގައިދީފައިވާ އިރު، މި ވީޑިއޯގައި ހަރަކާތްތެރިވެފައިވާ ތުއްތު ދެ ފަންނާނުންގެ ހުނަރުވެރިކަމަކީ ވެސް ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.
އެމްޑަބްލިއުއެސްސީ އިން އަންނަނީ މިފަދަ އެތައް ވީޑިއޯ އެއް ޢާންމުންގެ ތެރެއަށް ދޫކޮށްލާ، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރަމުން ނެވެ. އަދި އެ ފަދަ ވީޑިއޯތަކަށް ޢާންމުންގެ ފަރާތުން ލިބޭ ތަރުހީބު ވެސް ބޮޑުކަން ފާހަގަކޮށްލެވެ އެވެ.
https://twitter.com/MWSC_Official/status/1430792087507595265
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް