އިދިކޮޅު ޕާޓީތަކުގެ ޕީޖީ ގްރޫޕް ރައީސުލްޖުމްހޫރިއްޔާ އޮފީހަށް!

އިދިކޮޅު ސިޔާސީ ޕާޓީތައް ކަމަށްވާ ޕީޕީއެމް އާއިޮ ޕީއެންސީގެ ޕީޖީ ގްރޫޕްގެ މެމްބަރުން ދެންމެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަދެވަޑައިގެންފި އެވެ. އިދިކޮޅު މެމްބަރުން އެ އޮފީހަށް ވަޑައިގަތީ ރައީސް އަބ...

30 Aug 2021 | 06:22

އިދިކޮޅު ސިޔާސީ ޕާޓީތައް ކަމަށްވާ ޕީޕީއެމް އާއިޮ ޕީއެންސީގެ ޕީޖީ ގްރޫޕްގެ މެމްބަރުން ދެންމެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަދެވަޑައިގެންފި އެވެ.

އިދިކޮޅު މެމްބަރުން އެ އޮފީހަށް ވަޑައިގަތީ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކުރި ހުކުމާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގައި އެ ހުކުމް ކުރި ފަނޑީޔާރުންގެ ތެރެއިން ބައެއް ފަނޑިޔާރުން ހުކުމާ ގުޅޭ ގޮތުން ދައްކަވާފައިވާ ކަމަށް ބުނާ އޯޑިއޯތަކެއް ލީކްވުމާ ގުޅިގެނެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު ވާހަކަދައްކަވާ އަޑުއިވޭ އެ އޯޑިއޯގައި ފާއިޒް ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ ބަޔަކު ރަހީނު ކުރުމުން ކަމަށެވެ. އަދި ރަހީނު ކުރީ އޭނާ ނޫން ކަމަށާއި އަންހެނުން ކަމަށް ނުސީދާ ގޮތަކަށް ވިދާޅުވެފައި ވެއެވެ.

މެމްބަރުން ރަީސް އޮފީހަށް ވަޑައިގަތުމުން ވަނީ މަޑުކުރުމަށް އެދިފައެވެ. ބެލެވޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންނާ ބައްދަލުކުރައްވާނެއެވެ. މެމްބަރުން ޑިމާންޑް ކުރަނީ ރައީސްގެ އިސްތިއުފާއަށް ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ރައީސް ޔާމިން ވަގުތުން މިނިވަންކޮށްދިނުމަށް ވެސް އެދޭނެ ކަމަށް ވެއެވެ.

މިކަމާ ގުޅިގެން މެމްބަރުން ވަނީ ރައްޔިތުންގެ މަޖިލީހުގައި ވެސް މިކަމާ ގުޅިގެން އިއުތިޖާޖުކޮށްފަ އެވެ. އެހެންވެ، ޖަލްސާ ކުރިއަށް ނުގެންދެވެގެން ވަނީ މެދުކަނޑާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް