މާފުށީ ޖަލަށް ވައްދަން އުޅުނު90 އަށްވިރެ ގިނަ ފޯނާއި ކަރަންޓު ސާމާނު ފުލުހުން އަތުލައިގެންފި އެވެ.
އެކަން ހާމަ ކުރެއްވި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި އެވެ.
ސީޕީ ހަމީދު ވިދާޅުވި ޖަލަށް ވެއްދުން މަނާ ތަކެތި އަތުލައިގަނެ، މީހަކު ހައްޔަރުކުރީ، ފުލުހުންގެ އިންޓެލިޖެންސާއި މާފުށީ ޕޮލިސް އަދި ކަރެކްޝަނަލް ސާވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ހައްޔަރުކުރި މީހާގެ އަތުން 50 ސްމާޓު ފޯނު، 42 ބައްތި ފޯނު، 109 ފޯނު ޗާޖަރު، 77 ކޭބަލް، 65 ހެޑްސެޓް، ދިރާގު 49 ސިމް ކާޑު، އުރީދޫ 12 ސިމްކާޑު، ކަޓަރު ހުރި ދެ ޕެކް، އިރާކު ދަނޑި އަދި އެހެނިހެން ތަކެތި އަތުލައިގަތް ކަމަށް ފުލުހުން ބުނެ އެވެ. އެ އެއްޗެހިތައް ހުރީ ފެހި ކުލައިގެ ޕެކިންގައި ބަންދުކޮށްފަ އެވެ.
https://twitter.com/M_Hameedh/status/1432198488503119875
ޖަލުތަކަށް ވެއްދުން މަނާތަކެތި ވެއްދުމަކީ އާންމުކޮށް ކުރާ ކަމެކެވެ. ބައެއް ފަހަރު މާފުށީ ޖަލަށް ވައްދާ ކާބޯތަކެއްޗާއި އެކު އާއި ފާޜުމަތިން އަދި މަސައްކަތަށް ޖަލުން ބޭރަށް ގެންދާ ގައިދީން ދިރުވާލައިގެން ނުވަތަ ފުރަގަސްފަރާތަށް ލައިގެން މަނާތަކެތި ވެއްދުމުގެ މައްސަލަތައް ފެންމަތިވެފައިވެ އެވެ.
އެ މައްސަތައް ހައްލު ކުރުމުގެ ގޮތުން މާފުށީ ޖަލުގެ ފާރު އިތުރަށް އުސްކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް