އިތުރު މައްސަލައެއް ދިމާ ނުވެއްޖެ ނަމަ މާދަމާ ހިޔާ ފްލެޓުތަކަށް ކަރަންޓުދީ ނިމޭނެ

އިތުރު މައްސަލައެއް ދިމާ ނުވެއްޖެ ނަމަ މާދަމާ ހިޔާ ފްލެޓުތަކަށް ކަރަންޓުދީ އެއްކޮށް ނިންމަލެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ. "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވ...

30 Aug 2021 | 05:37

އިތުރު މައްސަލައެއް ދިމާ ނުވެއްޖެ ނަމަ މާދަމާ ހިޔާ ފްލެޓުތަކަށް ކަރަންޓުދީ އެއްކޮށް ނިންމަލެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

"ދުވަސް" އަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ކުރިޔަށް ދާނީ ޓަވަރު އެކެއް އަދި ދޭކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކަމަށެވެ. އޭނާ ވިދާޅުވީ ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ހާޒިރުވާންޖެހޭ ގަޑި އަންގަމުންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މާދަމާ ކުރިޔަށް ދާނީ ޓަވަރު ތިނެއް އަދި ހަތަރަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކަމަށެވެ. އެއީ އެންމެ ފަހު ދެ ޓަވަރު ކަމަށް ވިދާޅުވި އެވެ.

އެމަސައްކަތް އެއްވެސް މައްސަލައެއް ނުޖެހި ކުރިޔަށް ގޮސްފި ނަމަ މާދަމާ ހުރިހާ ޓަވަރަކަށް ކަރަންޓު ދިނުމަށް ސްޓެލްކޯއިން ކުރިޔަށް ގެންދިޔަ މަސައްކަތް ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ.

ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފެށީ މިމަހުގެ 17 ވަނަ ދުވަހު އެވެ. އެކަމަކު ޓަވަރު ތިނެއް އަދި ހަތަރެއްގެ ލިފްޓަށް ދިމާވި މައްސަލަ އަކާއި ގުޅިގެން އެޗްޑީސީގެ އެންގުމަށް ތިން ދުވަހަށް ކަރަންޓު ދިނުމުގެ މަސައްކަތް މެދުކަނޑާލި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް