ރ. ދުވާފަރު ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި އެވެ.
މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ ބިން ހިއްކުމުގެ މަސަައްކަތް ނިންމާލީ މިއަދު ކަމަށެވެ.
މިހާރު ކުރިޔަށް ދަނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށުމުގެ މަސައްކަތެވެ. އެގޮތުން ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް މިމަހުގެ 28 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް ބުނެ އެވެ.
މި މަޝްރޫޢުގެ ދަށުން، 22.2 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ. އަދި 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖަހާނެ އެވެ.
މީގެ އިތުރުން 315 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.
މިއީ 143.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް