ބޮލަށް ހޮޅިދަނޑި ވެއްޓުނު އަންހެން މީހާ ނިޔާވެއްޖެ

ދުއްވާފައި ދިޔަ ކޮންޓެއިނާ ލޮރީއަކުން ޖެހި، މަގުމަތީގައި ހުރި ބާސްކެޓް ޕޯސްޓެއް ވެއްޓި އޭގެ ދަށުވި ޒުވާން އަންހެން މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ. އައިޖީއެމް ހޮސްޕި...

30 Aug 2015 | 13:59

ދުއްވާފައި ދިޔަ ކޮންޓެއިނާ ލޮރީއަކުން ޖެހި، މަގުމަތީގައި ހުރި ބާސްކެޓް ޕޯސްޓެއް ވެއްޓި އޭގެ ދަށުވި ޒުވާން އަންހެން މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.

އައިޖީއެމް ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި އެ އަންހެން މީހާ ނިޔާވެފައި ވަނީ އެ ހޮސްޕިޓަލްގައި އިމަޖެންސީގައި ފަރުވާދެމުން ދަނިކޮށް މިއަދު މެންދުރު 2:28 ހާއިރު އެވެ. ނިޔާވެފައި ވަނީ އައްޑޫ ސިޓީގެ ހިތަދު އަށް ނިސްބަތްވާ، އަޒުފާ ޒުހައިރު، 24 އެވެ.

ހޮސްޕިޓަލުން ބުނީ އެ އަންހެންމީހާގެ ބޮލަށް ވަރަށް ބޮޑަށް ގެއްލުންވެ އަދި މައިބަދަ އަށް ވެސް ގެއްލުންވެފައިވާ ކަމަށެވެ.

ރޭގެ ވަގުތެއްގައި އެ ހާދިސާ ހިނގާފައި ވަނީ މާލޭ ދެކުނު ފަރާތު ހާބަރު ކަޑަތަކާއި ހައުސިން މިނިސްޓްރީއާ ދެމެދު އޮންނަ އިއްޒުއްދީން މަގުގަ އެވެ.

ލޮރީ އިން ޖެހި އެ ޕޯސްޓް ވެއްޓުނު ކަމެއް އެ ލޮރީ ދުއްވަން އިން ޑްރައިވަރަށް ފުރަމަ ނޭނގި އޭނާ ވަނީ ގޮސްފަ އެވެ. ފުލުހުން މިއަދު ބުނީ ޑްރައިވަރު ރޭ އަޅާނުލައި ދިޔައީ ލޮރީ އިން ޖެހި އެއްޗެއް ވެއްޓުނު ކަން އޭނާ އަށް އޭރު ނޭނގުމުން ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް