ބޮލަށް ހޮޅިދަނޑިވެއްޓުނު ކުއްޖާގެ ހާލު ވަރަށް ދެރަ: އައިޖީއެމްއެޗް

ދެކުނު ފަރާތު ހާބަރު ސަރަހައްދުގައި ރޭ ހިނގި އެކްސިޑެންޓެއްގައި މަގުމަތީގައި ހުރި ހޮޅިދަނޑިއެއް ބޮލަށް ވެއްޓުނު އަންހެންކުއްޖާއަށް ފަރުވާދެމުން އަންނައިރު އެކުއްޖާގެ ހާލު ވަރަށް ދެރަ ކަމަށް އައިޖީއެމް...

30 Aug 2015 | 04:12

ދެކުނު ފަރާތު ހާބަރު ސަރަހައްދުގައި ރޭ ހިނގި އެކްސިޑެންޓެއްގައި މަގުމަތީގައި ހުރި ހޮޅިދަނޑިއެއް ބޮލަށް ވެއްޓުނު އަންހެންކުއްޖާއަށް ފަރުވާދެމުން އަންނައިރު އެކުއްޖާގެ ހާލު ވަރަށް ދެރަ ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އައިޖީއެމް ހޮސްޕިޓަލްގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ އެކުއްޖާގެ ހާލު މިހާރުވެސް ވަރަށްދެރަ ކަމަށާއި މިހާރުވެސް ފަރުވާދެމުން އަންނަ ކަމަށެވެ.

އެކްސިޑެންޓްގައި ޒަހަމްވި، ސ. ހިތަދޫ ލިލަކް އަޒްފާ ޒުހައިރު، 24، އެވެ. އޭނާގެ ބޮލުގެ ތެރެއަށް ވަނީ ލޭ އެޅިފައި ވާކަމަށާއި އައިޖީއެމްއެޗަށް އޭނާ ގެންދިޔައިރު ވެސް އޮތީ ހޭނެތިފައި ކަމަށް މައުލޫމާތު ލިބެ އެވެ.

ރަޝިޔާގައި ޑޮކްޓަރުކަން ކިޔަވަމުންދާ އަޒްފާ މި ވަގުތު މާލެ އައިސް ހުރީ ޗުއްޓީއަކަށެވެ. އޭނާ އެނބުރި ފުރަން އޮތީ މާދަމާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް