ލުބުނާނުގެ މަގުތަކުގައި ކުޑަ އަންހެންކުއްޖަކު ކޮނޑަށްލައިގެން ގަލަން ވިއްކަން އުޅުނު ރެފިއުޖީއަކަށް އެހީވުމަށް ހުޅުވި އެކައުންޓަކަށް މަދު ވަގުތުކޮޅެއްގެ ތެރޭގައި ލައްކައަކަށްވުރެ ގިނަ ޑޮލަރު ލިބިއްޖެ އެވެ.
ގިސާ ސިމޮނާސަން ނަމަކަށްކިޔާ މީހަކު، ގަލަން ވިއްކަން އުޅުނު ރެފިއުޖީ މީހާއަށް އެހީވުމަށް އެކަންޓެއް ހުޅުވީ ކުޑަކުއްޖަކު ކޮނޑަށްލައިގެން ގަލަން ވިއްކަން އުޅުނު މީހެއްގެ ފޮޓޯތައް ފެނިގެން ކަމަށް ސިމޮނާސަން ބުނެފައި ވެ އެވެ. ސިމޮނާސަން ވަނީ "ބައި ޕެންސް" ނަމުގައި ޓްވިޓާ އެކައުންޓެއް ހުޅުވައިގެން ކުރި މަސައްކަތުން ގަލަން ވިއްކަން އުޅުނު ރެފިއުޖީ މީހާއާ ބައްދަލުކޮށްފަ އެވެ.
https://twitter.com/GissiSim/status/636979209001390080?ref_src=twsrc%5Etfw
ގަލަން ވިއްކަން އުޅުނީ އަބްދުލް ނަމަކަށްކިޔާ މީހާއަކީ ނުވަ އަހަރުގެ ފިރިހެން ކުއްޖަކާއި ހަތަރު އަހަރުގެ އަންހެންކުއްޖަކު އެކަނި ބަލަމުން އަންނަ ބައްޕައެކެވެ. އެމީހުން އުޅެމުންދިޔައީ ލުބުނާނުގައި ހުންނަ ސީރިޔާގެ ރެފިއުޖީން ތިބޭ ޔަރުމޫކް ކޭމްޕްގަ އެވެ.
މިމީހުންނަށް އެހީވުމަށް އެކައުންޓް ހުޅުވި ސިމޮނާސަން ޓާގެޓްކުރީ 5000 ޑޮލަރު ހޯދުމަށެވެ. 30 މިނެޓް ތެރޭގައި ޓާގެޓަށް ވާސިލުވި އެވެ. އަދި ތިން ގަޑިއިރު ތެރޭގައި އެ އަދަދު ތިންގުނަ އަށް އިތުރުވެ 15000 އަށް އިތުރުވި އެވެ. އަދި ހައެއްކަ ގަޑިއިރު ތެރޭގައި އެ އަދަދު ލައްކައަކަށްވުރެ ގިނަވެފައި ވާއިރު މިހާރު އެ އަދަދު އުޅެނީ އެއް ލައްކަ ތިރީސް ހާހަށްވުރެ މަތީގަ އެވެ.
https://twitter.com/GissiSim/status/636961011162042368?ref_src=twsrc%5Etfw
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް