ޕާކިސްތާނު ސިފައިން ދިން ވައިގެ ހަމަލާއެއްގައި 14 ހަނގުރާމަވެރިއަކު މަރާލައިފި

އަފްގާނިސްތާނުގެ ބޯޑަރު ކައިރިން، ޕާކިސްތާނު ސިފައިން ދިން ވައިގެ ހަމަލާއެއްގައި 14 ހަނގުރާމަވެރިއަކު މަރާލައިފި އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން މަރާލާފައިވާ 14 މީހުންނަކީ ތާލިބާން ޖަމާއަތާ ގުޅުން ...

30 Aug 2015 | 01:25

އަފްގާނިސްތާނުގެ ބޯޑަރު ކައިރިން، ޕާކިސްތާނު ސިފައިން ދިން ވައިގެ ހަމަލާއެއްގައި 14 ހަނގުރާމަވެރިއަކު މަރާލައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން މަރާލާފައިވާ 14 މީހުންނަކީ ތާލިބާން ޖަމާއަތާ ގުޅުން އޮންނަ ހަނގުރާމަވެރިން ތަކެކެވެ. އެމީހުން މަރާލާފައިވަނީ ޕާކިސްތާނުގެ އުތުރުގައި ވަޒިރިސްތާނު ގަބީލާ ދިރިއުޅެމުން އަންނަ ޝަވާލް ސަރަހައްދުގައި ފިލާ ތިއްބަ އެވެ.

ޕާކިސްތާނުން ޓެރަރިސްޓުން ނައްތާލުމަށް އެގައުމުގެ ސިފައިން ކުރިއަށްގެންދާ އޮޕަރޭޝަނަށް ދިހަވަރަކަށް އަހަރުވެފައިވާއިރު މިހާތަނަށް 2800 އަށްވުރެ ގިނަ ހަނގުރާމަވެރިން މަރާލާފައި ވާކަމަށް ޕާކިސްތާނުގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް