އިރާގާއި ސީރިޔާގައި އިސްލާމީ ވަކި ހިލާފަތެއް އިއުލާނު ކުރުމަށްފަހު އެ ހިލާފަތު ދެމެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ އައިއެސް ޖަމާއަތުގެ ކޮންޓްރޯލް ދަށުގައި އޮތް އިރާގުގެ ހަތް ރަށެއް ކުރުދީންގެ ކޮންޓްރޯލް ދަށަށް ގެންދެވިފައި ވާކަމަށް އައިއެސް ނައްތާލަން މަސައްކަތްކުރާ އެމެރިކާގެ ކޯލީޝަނުނުން ބުނެފި އެވެ.
އެ ކޯލީޝަނުން ބުނީ އެ ކޯލީޝަންގެ އެހީތެރިކަމާއެކު ކުރުދީން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގައި އެ ހަތް އަވަށުން އައިއެސްގެ ފައުޖުތައް ފައްސާލެވުނީ ވަރަށް މަސައްކަތުން ކަމަށާއި އިތުރު އަވަށްތައްވެސް ކުރުދީންގެ ކޮންޓްރޯލްގެ ދަށަށް ގެންނަން މެދުކެނޑުމެއްނެތި މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އެމެރިކާގެ ކޯލީޝަނުން މިހެން ބުނެފައިވީނަމަވެސް އަދިވެސް އިރާގުގެ ބޮޑުބައެއް ކޮންޓްރޯލް ކުރަމުން އަންނަނީ އައިއެސް ޖަމާއަތުންނެވެ. އެ ޖަމާއަތް ނައްތާލުމަށް އެމެރިކާ އިސްވެ އޮވެ ދުނިޔޭގެ ބާރުގަދަ އެތައް ގައުމަކާއިއެކު ކޯލީޝަން ހެދުމަށްފަހު ހަނގުރާމަ ފެށިތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އައިއެސް ޖަމާއަތް އަންނަދީ ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން ކަމަށާއި އަދި މިހާރު ކުރިއަށްދާ ހަނގުރާމައިގާ ކާމިޔާބީ ބޮޑަށް ލިބެމުން އަންނަނީ އައިއެސް ޖަމާއަތަށް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް