ފީވަކު ސްކޫލް ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ސެޝަނެއް ފުލުހުން ނަގައިދީފި

ފެތުމުގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމުގެ ގޮތުން ފީވަކު ސްކޫލް ގްރޭޑް 1،2، އަދި 3 ގެ ދަރިވަރުންނަށް ވަކިން ސެޝަނެއް ފީވަކުގައި މަސައްކަތް ކުރާ ފުލުހުން ނަގައިދީފިއެވެ. ފުލުހުން ބުނީ ގާތްގަނޑ...

30 Aug 2015 | 00:17

ފެތުމުގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމުގެ ގޮތުން ފީވަކު ސްކޫލް ގްރޭޑް 1،2، އަދި 3 ގެ ދަރިވަރުންނަށް ވަކިން ސެޝަނެއް ފީވަކުގައި މަސައްކަތް ކުރާ ފުލުހުން ނަގައިދީފިއެވެ.

ފުލުހުން ބުނީ ގާތްގަނޑަކަށް ދެ ގަޑިއިރަށް ދެމިގެންދިޔަ މި ސެޝަންގައި ތިން ގްރޭޑްގެ ދަރިވަރުންނާއި ޓީޗަރުންނާއި  ކުދިންގެ ބެލެނިވެރިން ބައިވެރި ވެފައި ވާ ކަމަށެވެ.

މި ސެސަންގައި ކިޔަވައި ދެއްވާފައިވަނީ ފުލޯޓް ކުރާނެ ގޮތް ތައް ކަމަށާއި މި ސެސަންގައި މިލަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންނާއި ފޯކައިދޫ ސްޓޭޝަންގެ މުވައްޒަފަކު ބައިވެރިވި ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުންގެ ހިދުމަތް އަތޮޅުތަކުގައި ދެމުން އަންނައިރު އާންމު ރައްޔިތުންނަށް މި ފަދަ ޕްރޮގްރާމްތައް ހިންގުމަކީ އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުން އާންމުގޮތެއްގައި ކުރަމުން އަންނަ ކަންތައް ތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް