ދައުލަތް ވަރުގަދައަށް ހިންގޭނީ ސިޔާސީ މަގާމުތައް އިތުރު ކޮށްގެން: ސަލީމް

ދައުލަތް ވަރުގަދައަށް ހިންގޭނީ ސިޔާސީ މަގާމުތައް އިތުރު ކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. މިރޭ ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަދައްކ...

30 Jul 2024 | 18:42

ދައުލަތް ވަރުގަދައަށް ހިންގޭނީ ސިޔާސީ މަގާމުތައް އިތުރު ކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މިރޭ ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، އިތުރު ވަޒީފާއަށް ބޭނުންވާ ފަރާތްތަކަށް ރައީސް ޑރ މުއިއްޒު ވަޒީފާ އުފައްދައިގެން ނަމަވެސް ވަޒީފާ ދެއްވާނެ ކަމަށެވެ. އަދި މި ފަސް އަހަރު ތެރޭގައި ވަޒީފާ ބޭނުންވާ ފަރާތްތަކަށް ވަޒީފާ ނުލިބި ނުތިބޭނެ ކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ.

ސަލީމް އިތުރަށް ވިދާޅުވީ ސިޔާސީ މަގާމުތައް ގިނަ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ކަންބޮޑުވާން ނުޖެހޭނެ ކަމަށެވެ. އެއީ އެ މަގާމުތަކުގައި އުޅޭނީ ދިވެހި ރައްޔިތެއް ކަމަށާއި އެއީ ބަގްލަދޭޝް ނޫނީ އިންޑިއާ ނޫނީ އެހެން ގައުމެއްގެ މީހުން ނޫން ކަމަށްށެވެ.

ރައީސް ކުރިއަށް ގެންދަވަނީ މި ގައުމުގެ އިސްލާހުގެ ޕްރޮގްރާމެއް ކަމަށާއި ހައްގުވެރި ފަރާތަކަށް ލިބެން ޖެހޭ އެއްވެސް އެއްޗެއް ނުލިބި ނުދާނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް އެ ވާހަކަ ދެއްކިއަސް ކަންބޮޑުނުވުމަށް ސަލީމް ވަނީ ގޮވާލާފައެވެ.

މި ސަރުކާރުން ވެރިކަމަށް އައީ ސިޔާސީ މަގާމުތައް700 ގައި ހިފަހައްޓާނެ ކަމަށް ވައުދުވެގެންނެވެ.

އެހެން ނަމަވެސް އިދިކޮޅު އެމްޑީޕީން މި ސަރުކާރުގެ ސިޔާސީ މަގާމުަތައް ދެހާހާ ގާތް ކުރާ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.

ސަލީމް ވިދާޅުވީ ބައެއް ހާލަތްތަކުގައި ސިޔާސީ މަގާމުތައް އިތުރުކަމަށް ބުނާކަމަށާއި، ދައުލަތް ވަރުގަދައަށް ހިންގޭނީ އަދިވެސް ސިޔާސީ މަގާމުތައް އިތުރުކޮށްގެން ކަމަށްށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް