ފެނިގެން އެދަނީ ރައީސް ޔާމީންގެ ލަދު ހަޔާތް ކުޑަކަން: ޝިއުނާ

ފެނިގެން އެދަަނީ ރައީސް ޔާމިން ގެ ލަދުހަޔާތް ކުޑަކަން ކަމަށާއި، ދައުލަތުން ވައްކަން ކުރި ކަން ސާބިތުވެ ޖަލުގައި ހުއްޓާ އަނބި ދަރިން ގާތަށް ގެނެސް ދިނީ ރައީސް މުއިއްޒު ކަމަށް ޑެޕިއުޓީ މިނިސްޓަރ ޝިއުނާ ...

30 Jul 2024 | 15:19

ފެނިގެން އެދަަނީ ރައީސް ޔާމިން ގެ ލަދުހަޔާތް ކުޑަކަން ކަމަށާއި، ދައުލަތުން ވައްކަން ކުރި ކަން ސާބިތުވެ ޖަލުގައި ހުއްޓާ އަނބި ދަރިން ގާތަށް ގެނެސް ދިނީ ރައީސް މުއިއްޒު ކަމަށް ޑެޕިއުޓީ މިނިސްޓަރ ޝިއުނާ ވިދާޅުވެއްޖެއެވެ.

ޝިއުނާ މިހެން ވިދާޅުވެފައި ވަނީ، ރޭ ޕީއެންއެފްގެ ޖަލްސާގައި ރައީސް ޔާމީން ރައީސް މުއިއްޒު ނަފްސާނީ ބައްޔެއް ހުންނަ ކަމަށް ސިފަކުރުމުން އެކަމާއި ގުޅިގެން އެކްސްގައި  ކުރެއްވި ޕޯސްޓެއްގައެވެ.

"ލަނދު ހަޔާތް ކުޑަ ކަން ޔާމިން ގެ. ދައުލަތުން ވައްކަން ކުރި ކަން ސާބިތުވެ ޖަލުގައި ހުއްޓާ ރައީސް މުއިއްޒު އޭނަ މިނިވަންކޮށް އަނބިދަރިން ގާތަށް ގެނެސްދިނީމަ. ރައީސް މުޢިއްޒަކީ ޔާމީން ވެއްޓޭ ލެވަލްއަށް ވެއްޓޭނެ ބޭފުޅެއް ނޫން"

މީގެއިތުރުން ޝިއުނާ ވަނީ ޔާމީންގެ ސިކުނޑިއަށް ލަސްނުކޮށް ބޭސްކުރަންވެސް ގޮވާލާފައެވެ.

ރައީސް ޔާމީން ރޭ ވިދާޅުވެފައިވަނީ، ރައީސް މުއިއްޒުއަށް ހުރީ ބައިޕޯލާއާއި ސިކިޓްސިފްރީނިއަރ ޖެހިފައި ކަމަށެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސޯސަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.

ފަހަކަށް އައިސް ރައީސް ޔާމީންް އެކި އެކި ޖަލްސާ ތަކުގައި ރައީސް މުޢިއްޒުއާއި ގުޅޭގޮތުން އެކި އެކި ޒާތްޒާތުގެ ވާހަކަތައް ދަނީ ދައްކަވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް