މޯލްޑިވިއަންއިން އެމަޑިއަސް ޖީޑީއެސް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

މޯލްޑިވިއަންގެ ޑިސްޓްރިބިއުޝަން ނެޓްވޯކް ފުޅާކުރަން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެމަޑިއަސް ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް (އެމަޑިއަސް ޖީޑީއެސް) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެ...

30 Jul 2024 | 10:16

މޯލްޑިވިއަންގެ ޑިސްޓްރިބިއުޝަން ނެޓްވޯކް ފުޅާކުރަން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެމަޑިއަސް ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް (އެމަޑިއަސް ޖީޑީއެސް) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މޯލްޑިވިއަން އިން ވަނީ، މި މަހުގެ 25 ވަނަ ދުވަހު، އިންޓަނޭޝަނަލް އެއާޓްރާންސްޕޯޓް (އަޔާޓާ)ގެ ބިލިން އެންޑް ސެޓްލްމަންޓް ޕްލޭން (ބީއެސްޕީ) ގައިވެސް ބައިވެރިވެފަ އެވެ.

މޯލްޑިވިއަން އިން ބުނީ، އެ އެއާލައިނުން ދަތުރުކުރަން ބޭނުންވާ ފަސިންޖަރުންނާއި ޓްރެވަލް ޓްރޭޑް ޕާޓްނަރުންނަށް ލުއި އަދި ފަސޭހަ ކަމާއެކު ދަތުރުތައް ކުރެވޭނެ ގޮތްތައް އިތުރުކޮށްދޭން ގާއިމުކުރި އެ ޕާޓްނާޝިޕްގެ ސަބަބުން ޓިކެޓިންއާއި ޑިސްޓްރިބިއުޝަން ޕްރޮސެސްތައް އަދި އިންޑިއާއާއި ރާއްޖެއާ ދެމެދު ދަތުރުކުރަން ފަސޭހަވެ, ރަނގަޅު އޮފާތަކެއް ލިބޭނެ ކަމަށެވެ.

އިންޑިއާގައި އެކްރެޑިޓް ކޮށްފައިވާ ބީއެސްޕީގެ ބައެއް ޓްރެވަލް އެޖެންޓުންނަށް ކިއު2-986 ޓިކެޓް ޕްލޭޓް ބޭނުންކޮށްގެން އެމަޑިއަސް ޖީޑީއެސް ޕްލެޓްފޯމް މެދުވެރިކޮށް މޯލްޑިވިއަންގެ ފްލައިޓްތަކަށް އީ-ޓިކެޓް ދޫކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށާއި އެ ޓްރެވަލް އެޖެންޓުންނަށް ކޮމްޕްރެހެންސިވް އެކްސެސް އަންނަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ..

މޯލްޑިވިއަންގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު އިސްމާއިލް އަމްރާހު އުމަރު ވިދާޅުވީ، އެމަޑިއަސް ޖީޑީއެސް އާއި އައިއޭޓީއޭގެ ބީއެސްޕީ އާއެކު މޯލްޑިވިއަންގެ ޑިސްޓްރިބިއުޝަން ގާބިލުކަން އިތުރުވެ، ގިނަ މަންޒިލްތަކަށް ދަތުރުކުރުމުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.

މޯލްޑިވިއަން އިން އިންޑިއާގެ ތިން މަންޒިލަކަށް ހަފުތާއަކު 13 ފްލައިޓެއް ބާއްވައެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ކޮޗިންއަށް ހަފުތާއަކު ހަތަރު ފްލައިޓް، ޓްރިވެންޑްރަމަށް ހަފުތާއަކު ފަސް ފްލައިޓް އަދި ބެންގަލޫރަށް ހަފުތާއަކު ދެ ފްލައިޓެވެ.

އޭގެ އިތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ޓްރިވެންޑްރަމަށް ހަފުތާއަކު ދެ ފްލައިޓު ދަނީ ބާއްވަމުންނެވެ.

މޯލްޑިވިއަން އިން ވަނީ އެމިރޭޓްސްއާއި އިއްތިހާދު އެއާވޭސް އާއެކުވެސް އިންޓަލައިން ޕާޓްނަޝިޕެއް ގާއިމުކޮށްފައެވެ. އަދި ކުރިއަށް އޮތް ކުއާޓަރުތަކަށް އިތުރު އިންޓަނޭޝަނަލް އެއާލައިން ޕާޓްނާޝިޕްތަކެއް ގާއިމުކުރުމަށް ރާވާފައިވާ ކަމަށް އެ އެއާލައިނުން ބުނެއެވެ.

ޖީޑީއެސްއާއި ބީއެސްޕީއާ ގުޅޭ ހުރިހާ މައުލޫމާތެއް މޯލްޑިވިއަންގެ ވެބްސައިޓުން މިހާރު ފެންނާނެއެވެ. މޯލްޑިވިއަން އާއެކު ޕާޓްނާޝިފަކަށް ދާން ބޭނުންވާ އެޖެންޓުންނަށް [email protected] މެދުވެރިކޮށް އެ ފުރުސަތު ވަނީ ކުރިއަށް ގެންދެވޭނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް