މުޅި މަޢުޟޫ އެއް ފަރާތްކޮށް ވަކި މަގްޞަދެއް ހާޞިލުކުރަން ޚަބަރު ހެދުން ގޯސްކަމުގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި މިއަދު ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އެމްޕީ ހުސެއިން ޝަރީފް ވިދާޅުވެފައިވަނީ ބިނާކުރަނެވި ފާޑުކިއުމަކީ ޒިއްމާދާރު ނޫސްވެރިކަމެއްގައި ކޮންމެހެންވެސް ކުރަންޖެހޭކަމެއް ކަމަށާއި ހިތާމަޔަކީ މީހަކު ދައްކާ ވާހަކައެއްގެ މުޅި މައުޟޫ އެއްފަރާތްކޮށް ވަކި މަގުޞަދެއް ހާޞިލްކުރަން ބައެއް މީޑިއާތަކުން ނޫސްތަކުގެ ފަލަސުރުހީ ހަދައިގެން ރަށްޔިތުންނަށް އޮޅޭގޮތަށް ހަބަރުތަށް ގެނެސްދިނުން ކަމަށެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އޭނާ ދެއްކެވި ވާހަކަފުޅުގެ ވީޑިއޯވެސް އެ ޕޯސްޓާއެކު ހިމަނާފައިވެއެވެ.
ސަރުކާރުގެ ފަރާތުން ކުޅުދޫފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ދެއްކެވި ވާހަކަފުޅަށް ބޮޑު ސަމާލުކަމެއް ލިބިގެންގޮސްފައިވެއެވެ.
ފިރިމީހާއަށް ގޭގަ ކާއެތިކޮޅު ދެނީވެސް ބިދޭސީއެއް، އަނބިމީހާ އޮންނަނީ ގޭގަ ކަސޯޓީ ބަލަންކަމަށް މެންބަރު ވިދާޅުވި ވިދާޅުވުމަށް ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެގެން ގޮސްފައިވެއެވެ.
ޝަރީފް ވިދާޅުވީ، މަސްވެރިކަމަށް ބެލިއަސް ތިބެނީ ބިދޭސީންކަމަށާއި، ކަންމަތީ ފިހާރައަަކަށް ބެލިއަސް ބިދޭސީންކަމަށާއިް، ސައި ހޮޓަލަކަށް ބެލިއަސްް، އަދި ކޭޝިޔަރަކަށް ބެލިއަސް މިގޮތަަށް ގޮސް ގޭގައި ކައްކާ ކާއެތިކޮޅު ފޯރުކޮށްދިނުމަށް ވެސް އަނބިމީހާގެ ބަދަލުގައި މިހާރު ހުރީ ބިދޭސީންކަމަށެވެ.
"އަނބިމީހާ އޮންނަނީ ގޭގެ ރީތިކޮށް ދެފައި، ދަމާލައިގެން، އޭނަ އިންނަނީ ގޭގަ ކޮންމެވެސް ކަސޯޓީއެއް އެއްޗެއް ބައްލަވަން، އަޅުގަނޑުމެން ފިރިމީހާ ގެއަށް ދާއިރުގަ ކާއެތިކޮޅު ފޯރުކޮށްދޭންވެސް މިހާރު ބިދޭސީއެއް، މަޖާތަންކޮޅަކީވެސް ހުންނަނީ ބިދޭސީ ފިރެހެނެއް”
މީގެއިތުރުން ޝަރީފް ވިދާޅުވީ، ބިދޭސީން މިހާރު ކައްކަން ވެސް ވަންނަ ހިސާބަށް ކަންތައް ގޮސްފި ކަމަށެވެ.
ބިދޭސީންގެ މައްސަލައަށް ދިވެހިން ކަންބޮޑުވާން ޖެހޭކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ދިމާލެއްގައވެސްި ބިދޭސީން މިހާރުތިބީ އަތްގަދަވެފައި ކަމަށެވެ.
މި ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރައްވާނެ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށްޓަކައި ދާހިލީ ވަޒީރު ކުރައްވަމުން ގެންދާ މަސައްކަތަކީ ސެލިއުޓު ހައްގު މަސައްކަތްތަކެއް ކަމަށް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓުން ގައުމު އިސްލާހީ މަގަށް ގެންދިޔުމަށް ކުރައްވާ މަސައްކަތްތަކަކީވެސް ޝުކުރު ހައްގު މަސައްކަތްތަކެއް ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް