ރައީސް ސޯލިހު ފުވައްމުލަކު ސްކޫލު މަލްޓިޕާޕަސް ހޯލާއި ދޫޑިގަން ދަނޑު ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޏ، ފުވައްމުލަކު ސްކޫލު މަލްޓިޕާޕަސް ހޯލާއި ދޫޑިގަން ފުޓްބޯޅަ ދަނޑު ހުޅުވައިދެއްވައިފިއެވެ. މީގެ އިތުރުން ރައީސް ވަނީ ކޯލިޝަން ޕާޓީ އެމްޑީއޭގެ ޕޮލިޓިކަ...

30 Jul 2023 | 14:46

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޏ، ފުވައްމުލަކު ސްކޫލު މަލްޓިޕާޕަސް ހޯލާއި ދޫޑިގަން ފުޓްބޯޅަ ދަނޑު ހުޅުވައިދެއްވައިފިއެވެ.

މީގެ އިތުރުން ރައީސް ވަނީ ކޯލިޝަން ޕާޓީ އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރު ހުޅުވުމުގައިވެސް ބައިވެރިވެ ވަޑައިގެންފައެވެ. ރައީސްއާއެކު މި ސެންޓަރު ހުޅުވައިދެއްވީ އެމްޑީއޭރެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް)އެވެ.

ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކު ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި ދޫޑިގަން ފުޓުބޯޅަދަނޑު ހުޅުއްވައި ދެއްވީ، އެމަނިކުފާނު މިއަދު ފުވައްމުލައް ސިޓީއަށް ކުރެއްވި ޒިޔާރަތުގައި ވަކިވަކިން ބޭއްވި ދެ ރަސްމިއްޔާތެއްގައެވެ.

ފުވައްމުލަކު ސްކޫލުގެ މަލްޓިޕަރޕަސް ހޯލު އިމާރާތްކުރުމުގެ މަޝްރޫޢުކުރިޔަށް ގެންގޮސްފައި ވަނީ، އިނޯކާ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރައްވައިގެންނެވެ.

ދިރާސީ އާ އަހަރު ފެށޭއިރު މިޢިމާރާތް ބޭނުން ކުރަން ފެށޭނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ފުވައްމުލައް ސިޓީ ދޫޑިގަން އަވަށުގައި ސަރުކާރުން ތަރައްޤީކޮށްދެއްވި ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައިގެން އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ.

ރާއްޖޭގެ ސްކޫލުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލުހޯދައި ދެއްވުމަށާއި، ދަރިވަރުންގެ އިތުރު ޙަރަކާތްތަކަށް ބޭނުންވާ ވަޞީލަތްތައް ގާއިމުކޮށް، ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށް މިސަރުކާރުން ވަނީ މުޅި ރާއްޖޭގެ ސްކޫލުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ހިންގާފައެވެ.

އަދި ޒުވާނުން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ކުޅިވަރު ކުޅުމާއި، ކުޅިވަރުގެ ދާއިރާއިން ކުރިޔަށް ދިޔުމަށް މަގުފަހިކޮށްދީ ކުޅިވަރުތައް ތަރައްގީކުރުމަށް ޒަމާނީ ފެންވަރުގެ ކުޅިވަރުދަނޑުތައް އެޅުމުގެ ގިނަ މަޝްރޫޢުތަކެއްވެސް ވަނީ ހިންގާފައެވެ.

މިއަދު ރައީސް ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާދަމާ އެނބުރި މާލެ ވަޑައިގަންނަވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް