އިލްޔާސްއާއި ނަޝީދު އައްޑޫގައި ދޮރުން ދޮރަށް ކުރައްވާ ކެމްޕޭން ބައިސްކަލުގައި!

ދަ ޑިމޮކްރެޓްސްގެ ފަރާތުން އައްޑޫސިޓީއަށް ކުރަމުން އަންނަ ކެމްޕޭނު ދަތުރުގައި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިސްކަލުގައި ދޮރުން ދޮރަށް ކެމްޕޭން ކުރައްވ...

30 Jul 2023 | 14:22

ދަ ޑިމޮކްރެޓްސްގެ ފަރާތުން އައްޑޫސިޓީއަށް ކުރަމުން އަންނަ ކެމްޕޭނު ދަތުރުގައި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިސްކަލުގައި ދޮރުން ދޮރަށް ކެމްޕޭން ކުރައްވައިފިއެވެ.

އައްޑޫ ހުޅުދޫއަށް ވަޑައިގެންނެވުމަށްފަހު މިއަދު ޑިމޮކްރެޓްސްއިން ކެމްޕޭނު ކޮށްފައި ވަނީ ހުޅުމީދޫގައެވެ. ހުޅުމީދޫގެ ގެތަކަށް އިލްޔާސާއި ނަޝީދު ވަޑައިގެންފައި ވަނީ ބައިސްކަލުގައެވެ.

https://twitter.com/Simwarr/status/1685653285263581190?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1685653285263581190%7Ctwgr%5Efcc9bc9f32a5f6632b42952e48469b04fa1cd9db%7Ctwcon%5Es1_&ref_url=https%3A%2F%2Fdhuvas.mv%2F242029

ޑިމޮކްރެޓްސްގެ ފަރާތުން އައްޑޫ ފޭދޫގައި ރޭ ބޭއްވި ޖަލްސާގައި ގިނަ ބަޔަކު ވަނީ ޑިމޮކްރެޓްސްއަށް ސޮއި ކޮށްފައެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީ މަރަދޫފޭދޫގެ ކައުންސިލަރ ހާލިދާ މުހައްމަދު ހިމެނިވަޑައިގަންނަވައެވެ.

ނަޝީދާއި، އިލްޔާސް ޑިމޮކްރެޓްސްގެ ރިޔާސީ ކެމްޕޭނަށް އައްޑުއަށް ވަޑައިގެންނެވީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. ކުރިއަށް އޮތް ދެދުވަހު އައްޑޫގެ އެކި ރަށްރަށުގައި ޑިމޮކްރެޓްސްގެކެމްޕޭން ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

ނަޝީދު ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ލަދު ގަންނަ ވަރުގެ ނަތީޖާއެއް ލިބޭނެ ކަމަށެވެ. އަދި މިފަހަރު ރިޔާސީ އިންތިހާބަށް ނުކުންނައިރު، ހުރިހާ ރިޔާސީ ކެންޑިޑޭޓުން އެބަތިބި ކަމަށާއި، ރައީސް ސޯލިހް މިދިޔަ ފަސް އަހަރު އަމަލު ކުރެއްވި ގޮތްތަކުގެ ސަބަބުން އެމްޑީޕީ ބައިބައިވެ ނިކަމެތިވެ، ހީނަރުވެފައި ކަމަށްވެސް ނަޝީދު ވިދާޅުވެފައިއެވެ.

އެ ޕާޓީގެ ޖޯޝާއި ރޫހު މިހާރު ފެންނަނީ ޑިމޮކްރެޓްސް ޕާޓީގެ ތެރެއިން ކަމަށްވެސް ނަޝީދު ފާހަގަކުރައްވާފައިވެއެވެ.

"އެ ރޫހުގައި ތިބެ ތިބޭފުޅުން ނުކުންނަވާ ތިތިއްބެވީ ޑިމޮކްރެޓްސް ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަށް، އަޅުގަނޑަށް ފެންނަ ތަނުގައި މި އިންތިހާބު މިފަހަރުއެއްވެސް ޕާޓީއަކަށް އެއް ބުރުން ކާމިޔާބު ނުވާނެ. ހުރިހާ ޕާޓީތައްވެސް މަސައްކަތް ކުރާނެ." ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް