ކޭޕާކް ރެސިޑެންޓްސް ފްލެޓްތަކުގެ މައްސަލައިގާ ޖިނާއީ ތަހުގީގެއް އެމީހެއްގެ މައްޗަށް ހިންގަމުން އަންނަ ހަސަން މަމްދޫހް (މަންޑޭ) ބަންދުން ދޫކޮށްލައިފިއެވެ.
މަންޑޭ ދޫކޮށްލާފައި ވަނީ އޭނާގެ ބަންދަށް ޖެހި15 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.
މި މަހުގެ ކުރީކޮޅު މަންޑޭ ހައްޔަރު ކުރީ ފިލަން އުޅޭކަމަށް ތުހުމަތު ކޮށްފައެވެ. އޭނާ ހައްޔަރު ކުރީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުންނެވެ.
މި މަހުގެ ކުރީކޮޅު، މަންޑޭ ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ. ނަމަވެސް އެ ހުކުމް ފަހުން ބާތިލު ކުރުމުން، ހައި ކޯޓުން އެ މައްސަލަ އިސްތިއުނާފް ކުރީއެވެ. އިސްތިއުނާފު ނިމެންދެން އޭނާގެ ޕާސްޕޯޓް އޮތީ ހިފަހައްޓާފައެވެ.
މަންޑޭ ދޫކޮށްލާފައި ވަނީ ޝަރުތުތަކަކާ އެކުގައެވެ.
ކޭޕާކް ރެސިޑެންސްގެ ގިނަ ފްލެޓްތަކެއް ހަންބޯ ކުންފުނީގެ މައި ހިއްސާދާރަށް ނޭނގި ވިއްކައި އެ ފައިސާ ބޭނުންކުރިކަމުގެ ތުހުމަތު މަންޑޭއަށް ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް