ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޑްރޯން ޝޯވއަށް އާންމުންގެ ބޮޑު ތަރުހީބެއް

ދިރާގާއި މިނިސްޓްރީ އޮފް ހޯމް އެފެއަރސް ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދިޔަ ފުރަތަމަ ޑްރޯން ޝޯވ އަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފިއެވެ. މި ޑްރޯން ޝޯވ ކުރިއަށް ގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ 58 ވަ...

30 Jul 2023 | 12:43

ދިރާގާއި މިނިސްޓްރީ އޮފް ހޯމް އެފެއަރސް ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދިޔަ ފުރަތަމަ ޑްރޯން ޝޯވ އަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފިއެވެ.

މި ޑްރޯން ޝޯވ ކުރިއަށް ގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އަރބަންކޯ އާއި މިނިސްޓްރީ އޮފް ހޯމް އެފެއަރސް ގުޅިގެން ބޭއްވި މިނިވަން އުފާ ކާނިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. އެގޮތުން 300 ޑްރޯންއާއެކު ބޭއްވި މި ޝޯވގައި ވަނީ ތަފާތު ރީތި ދިވެހިވަންތަ ޑިޒައިންތައް ދައްކާލާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ކާރނިވަލަށް ޒިޔާރަތްކުރި ގިނަ ފަރާތްތަކުންވެސް ވަނީ މި ޑްރޯން ޝޯވ ބައްލަވާލައްވާފައެވެ.

"އާންމުނަނަށް ހުޅުވާލައިގެން ރާއްޖޭގައި މި ބޭއްވި ފުރަތަމަ ޑްރޯން ޝޯވއަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން އަޅުގަނޑުމެން އުފަލާއެކު ފާހަގަ ކުރަން. ޑްރޯންއަކީ ދުނިޔޭގައި ވެސް އެންމެ ކުރިއަރަމުން އަންނަ އެއް ޓެކްނޮލޮޖީ. އެގޮތުން، ދިވެހިރާއްޖޭގެ ލީޑިންގ ޑިޖިޓަލް ސާވިސް ޕްރޮވައިޑަރުގެ ހައިސިއްޔަތުން މިފަދަ އެންމެ ފަހުގެ ޓެކް ރާއްޖެއަށް ގެނެސް، ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް ތަފާތު އައު ތަޖުރިބާތަކެއް ގެނެސްދިނުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒު،" ދިރާގުގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ޙަމީދު ވިދާޅުވިއެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުންދަނީ ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް މަގުފަހިކޮށްދޭފަދަ ތަފާތު މުނިފޫހިފިލުވުމާއި އިޖްތިމާޢީ ހަރަކާތްތަކަށް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް