ކެމްޕޭނަށް ރައީސް ސޯލިހް ފުވައްމުލަކަށް ވަޑައިގެންފި

ރިޔާސީ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޏ. ފުވައްމުލަކަށް ވަޑައިގެންފިއެވެ. މިއަދު ރައީސް ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާދަމާ އެނބުރި މާލެ ވަޑަ...

30 Jul 2023 | 12:36

ރިޔާސީ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޏ. ފުވައްމުލަކަށް ވަޑައިގެންފިއެވެ.

މިއަދު ރައީސް ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާދަމާ އެނބުރި މާލެ ވަޑައިގަންނަވާނެއެވެ. ރައީސް ފުވައްމުލަކަށް ވަޑައިގަންނަވަން ހަމަޖެހުނީ އިއްޔެއެވެ. ނަމަވެސް މިއަދަށް މި ދަތުރު ފަސްވީއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަސް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ކޯލިޝަންގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓް، ރައީސް ސޯލިހުގެ ރިޔާސީ ކެމްޕެއިން ފައްޓަވާފައި ވަނީ މި މަހުގެ ކުރީކޮޅު ށ. އަތޮޅުންނެވެ.

އެގޮތުން ކޮމަންޑޫއިން ފެއްޓެވި ކެމްޕޭންގައި އެ އަތޮޅު ފޯކައިދޫ، މަރޮށި އަދި ނޫމަރާއަށް ވަޑައިގެންނެވިއެވެ.

އޭގެ ފަހުން ކ. އަތޮޅުގެ  ކ. ގުޅި، ގުރައިދޫ އަދި މާފުއްޓަށާއި މ. ކޮޅުފުށި، ނާލާފުށި، މުލި އަދި މުލަކުގެ އިތުރުން ވ. ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫއަށް ވަޑައިގެންނެވިއެވެ.

އެންމެ ފަހުން އެމަނިކުފާނު ކެމްޕޭނަށް ވަޑައިގެންނެވީ ހއ. އަތޮޅުގެ10 ރަށަކަށެވެ. އެއީ  ހޯރަފުށި، ތުރާކުނު، އުލިގަމު، މޮޅަދޫ، އިހަވަންދޫ، މާރަންދޫ، ތަކަންދޫ، ކެލާ، ވަށަފަރު އަދި ދިއްދުއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް