ބަލި ދަރިފުޅު ހިލޭ ކާާރުގައި ގެންގޮސްދިން ޒުވާނާއަށް ހިފެހެއްޓުމެއް ނެތް ތައުރީފް

މިހާރަކަށް އައިސް ފެތުރެމުންދާ ނޯރޯ ވައިރަސްއަކުން ކަމަށްވާ ބަލިއެއްގެ ސަބަބުން ކުއްލިއަކަށް ގިނަ އަދަދެއްގެ ކުޑަކުދިންތަކެއް ދަނީ ބަލިވުމުންނެވެ. އެގޮތުންކުދިންތައް އެޑްމިޓްކޮށްގެން ހޮސްޕިޓަލުތައް އޮ...

30 Jul 2023 | 06:59

މިހާރަކަށް އައިސް ފެތުރެމުންދާ ނޯރޯ ވައިރަސްއަކުން ކަމަށްވާ ބަލިއެއްގެ ސަބަބުން ކުއްލިއަކަށް ގިނަ އަދަދެއްގެ ކުޑަކުދިންތަކެއް ދަނީ ބަލިވުމުންނެވެ. އެގޮތުންކުދިންތައް އެޑްމިޓްކޮށްގެން ހޮސްޕިޓަލުތައް އޮތީ ފުރިފައެވެ.

އައިޝާ މިޒޫ ނަމަކަށް ކިޔާ އަންހެނަކު ވެސް އުޅުނީ އޭނާގެ ދަރިފުޅު ވަރަށް ބޮޑަށް ބަލިވެގެން ނެވެ. އަދި އައިޝާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ދަރިފުޅުހޮޑުލާތީ ހުޅުމާލެ ހޮސްޕިޓަލަށް މެންދަމު 12 ޖެހި ކަންހާއިރު ސައިކަލުގައި ދިޔަ ކަމަށެވެ.

ނަމަވެސް ވަކި ހިސާބަކުން އޭނާގެ ސައިކަލުގެ ހަން ފަޅައިގެން ގޮސްފައިވާކަން ޒުވާނަކަށް ފެނި އެކަން އައިޝާއަށް އަންގައިދިން ކަމަށް އޭނާ ބުނެފައިވެއވެ. އައިޝާބުނީ ސައިކަލު ހަން ފަޅައިގެން ދިއުމުން ހަދާނެ ގޮތް ހުސްވެފައި ހުއްޓައި އެހީވީ އެ ޒުވާނާ ކަމަށެވެ.

ދަރިފުޅާއެކު ގެންގޮސްދޭންވީ ކޮންތަނަކަށްހޭ އެހި ކަމަށާއި އަދި ހުޅުމާލެ ހޮސްޕިޓަލަށޭ ބުނުމުން ޖެހިލުމެއް ނެތި އޭނާގެ ކާރަށް އަރުވައި ދިން ކަމަށެވެ. އަދި ކާރުތެރެއަށް ވެސް ދަރިފުޅަށް ހޮޑުލެވުނު ކަމަށް އައިޝާ ވަނީ ހާމަކޮށްފައިއެވެ.

"އައި މަގުމަތީގައި ދަރިފުޅަށް ކާރުތެރެއަށް ހޮޑުލެވިއްޖެ. އެކަމަކު ބުނީ އެކަންމާބޮނޑު ކަމަކަށް ނަހަދާށޯ. އެމެޖެންސީ އަޅުވާފަ. އަޅުގނޑުމެން ގެނެސް ހޮސްޕިޓަލައްވެއްދި އަދި ރުފިޔާވެސް އަތުނުލައި ބުނީ އަވަހަށް ދަރިފުޅު ގޮވައިގެން ވަންނާށޭ." އައިޝާ ބުނެފައި ވެއެވެ.

އައިޝާ އެ ޒުވާނާ ސިފަކުރީ އިންސާނިއްޔަތުކަމުގެ ލާމަސީލު މިސާލެއްގެ ގޮތުގަ އެވެ. އެ ޒުވާނާއަކީ މި މުޖުތަމައުން ވަރަށް މަދުން ނޫނީ ނުފެންނަ ކަހަލަ ޒުވާނެ ކަމަށްއޭނާ ލިޔެފައި ވެއެވެ.

"ތިޔަ ޒުވާނާ އަށް ހެޔޮ ޖަޒާ މިންވަރު ކުރައްވައި މަސައްކަތުގައި ބަރަކާތް ލައްވައި ގިނަ ގިނައިން ދެއްވައި އަދި އަތްމަތި ތަނަވަސް ކޮއްދެއްވާންދޭވެ. ތިޔަ ވެދެއްވިއެހީ އަށް ވަރަށް ބޮޑައް ޝުކުރުވެރި ވަމެވެ." އައިޝާ އިތުރަށް ފޭސްބުކްގައި ލިޔެފައި ވެއެވެ.

ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ފެތުރެމުންދާ ރޯގާގެ ސަބަބުން ހާހަކަށްވުރެ ގިނަ މީހުން ވަނީ ހޮސްޕިޓަލްތަކުން ހިދުމަތް ހޯދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް