ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ހިތްތިރިކަން ފެނި ގިނަ ބަޔަކު އެމަނިކުފާނަށް ތައުރީފު ކޮށްފިއެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ޖަލްސާގައި އެވޯޑުތައް ހަވާލު ކުރަމުން ދިޔައިރު ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާމެދު ރައީސް އަމަލުފުޅު ބެހެއްޓެވި ގޮތެވެ.
އެތަނުން އެއް ޕޮޓޯއާއެކު ޓުވީޓު ކުރި މީހަކު ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ހަތްވަނަ ރައީސް، ގުދުވެ ވަޑައިގެން ފުރޮޅުލީ ގޮނޑިއެއްގައި އިން މީހަކަށް އެހީތެރިވެދެނީ ކަމަށެވެ.
https://twitter.com/aisherth/status/1685232205008957440
މިއީ ރައީސްގެ ވަރަށް ރީތި ސިފައެއްކަމަށް ބުނެ ބައެއް މީހުން ވަނީ ކޮމެންޓް ކޮށްފައެވެ.
ނަމަވެސް މިއީ އެވަރުގެ ކަމެއް ނޫން ކަމަށް ބުނެވެސް ބައެއް މީހުން ވަނީ ހިޔާލު ފާޅުކޮށްފައެވެ. އެގޮތުން، މިއީ އިންތިހާބުގެ ދުވަސްވަރު ކަމަށާއި، މި ދުވަސްވަރު ކޮންމެ ކަމެއްވެސް ކޮށްފާނެ ކަމަށް ބައެއް މީހުން ބުންޏެވެ.
ރައީސްގެ މި އަމަލުފުޅަކީ އިންސާނިއްޔަތުކަން ކަމަށާއި، ރައީސްއަކަށް ވުމުގެ މާނައަކީ އިންސާނިއްޔަތުކަން ފިލައި ދިއުން ނޫން ކަމަށްވެސް އެއް ބަޔަކު ބުނެފައިވެއެވެ.
ފޮޓޯއާ ގުޅިގެން ބައެއް މީހުން ރައީސްގެ ހިތް ތިރިކަމުގެ ހާދިސާތައްވެސް ހިއްސާ ކޮށްފައި ވެއެވެ.
https://twitter.com/AyyaSharyf/status/1685249638029516800
އެގޮތުން ވާހަކަ ހިއްސާކުރި މީހަކު ލިޔެފައިވާ ގޮތުގައި،1990 ގެ ފަހުކޮޅު ދަތުރެއްގައި ރައީސްއާ ދިމާވި ކަމަށާއި، އޭގެ ފަހުން ކޮންމެ ތާކުން ފެނުނަސް ހީލައި، ކަންކަން ކިހިނެތްތޯ ރައީސް އައްސަވާ ކަމަށެވެ. އަދި މިއަދާ ހަމަޔަށް ރައީސް އެކަން އެގޮތަށް ކުރައްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް