ބާރަށު ނެރާއި ބަނދަރުގެ 70 ޕަސެންޓް މަސައްކަތް ނިމިއްޖެ

ހއ. ބާރަށު ނެރު އަދި ބަނދަރު ސަރަޙައްދު ފުންކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީ އިން ބުނެފިއެވެ. އެމްޓީސީސީ އިން ބުނީ އެ ރަށުފެ ނެރު ފުންކުރުމުގެ މަސައްކަތާއި ބަނދަރު...

30 Jul 2023 | 06:23

ހއ. ބާރަށު ނެރު އަދި ބަނދަރު ސަރަޙައްދު ފުންކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ އެ ރަށުފެ ނެރު ފުންކުރުމުގެ މަސައްކަތާއި ބަނދަރު ސަރަޙައްދު ފުންކުރުމުގެ މަސައްކަތް މިހާރު ނިމިފައި ވާކަމެވެ. އަދި ޖިއޯ ބޭގްރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މި ހަފުތާ ތެރޭ ފެށިގެން ދާނެ ކަމަށް އެމްޓީސީސީ  އިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، 49,437.5 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމުގެ އިތުރަށް، 8,600 ކިއުބިކް މީޓަރުގެ ބަނދަރު ސަރަޙައްދު ފުންކުރުމުގެމަސައްކަތް ކުރިޔަށް ދާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައިއެވެ.

މީގެ އިތުރަށް، 460 މީޓަރުގެ ސަރަޙައްދުގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، އަދި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ހިމެނޭ ކަމަށްއެމްޓީސީސީ  އިން ވަނީ ހާމަކޮށްފައިއެވެ.

މިއީ 14.5 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާ ހަވާލު ކޮށްފައިވާ މަޝްރޫއުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް