ގެވެށި އަނިޔާއާ ގުޅޭ ގިނަ މައްސަލަތައް މިިދިޔަ މަހު ފެމެލީ ކޯޓަށް ހުށަހެޅީ އަންހެނުން ކަމަށް އެކޯޓުން ބުނެފިއެވެ.
ފެމެލީ ކޯޓުގެ މިދިޔަ މަހުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ގެވެށި އަނިޔާއާ ގުޅޭ މައްސަލަތަކުގެ80 އިންސައްތަ އަކީ އަންހެނުން ހުށަހަޅާފައިވާ މައްސަލަތަކެވެ.
އެގޮތުން ގެވެށި އަނިޔާއާ ގުޅިގެން ފަސް މައްސަލައެއް މިދިޔަ މަހު އެ ކޯޓަށް ހުށަހަޅާފައި ވާއިރު، ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ނެރެދެވުނު ފަސް މައްސަލައެއްވެސް ވަނީ ހުށަހަޅާފައެވެ.
ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަލަށް ބަލާއިރު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ އަމުރަށް އެދި ތިން ހުށަހެޅުމެއް މިިދިޔަ މަހު އެ ކޯޓަށް ވަނީ ލިބިފައެވެ. އަދި ކުދިންގެ ގާނޫނީ ބެލެނިވެރިކަން، ފޮސްޓާ ކުރާ ފަރާތަށް ބަދަލު ކުރުމުގެ މައްސަލައެއް ކޯޓުން ވަނީ ނިންމާދީފައެވެ.
ދަރިން ނުދެއްކުމާއި ނަސަބު ސާބިތު ކުރުމުގެ އެއްވެސް މައްސަލައެއް މިދިޔަ މަހު އެ ކޯޓަށް ލިިބިފައެއް ނުވެއެވެ.
ނަމަވެސް ޙަޟާނާތުގެ ދެ މައްސަލައަކާއި، ކުއްޖާ އިޚްތިޔާރު ކުރާ ފަރާތެއް ކަނޑައެޅުމުގެ މައްސަލައެއް މިދިޔަ މަހު އެ ކޯޓަށް ހުށަހަޅާފައި ވެއެވެ.
ޖޫން މަހު ފެމެލީ ކޯޓަސް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި:-
- ޚަރަދުގެ10 މައްސަލަ
- ގެވެށި އަނިޔާއާ ގުޅޭ ފަސް މައްސަލަ
- އާއިލީ އެހެނިހެން18 މައްސަލަ
- ދަރިންގެ ޚަރަދު ކެނޑުމަށް ހަ މައްސަލަ
- ސާބިތު ޚަރަދުގެ ދެ މައްސަލަ
- ދަރިންގެ ޚަރަދުގެ ދެ މައްސަލަ ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް