ފެމެލީ ކޯޓުގައި މިިދިޔަ މަހު ކުރި ކައިވެނީގެ ނިސްބަތް، ވަރިއަށްވުރެ %76 ގިނަ ކަމަށް އެ ކޯޓުން ބުނެފިއެވެ.
އެ ކޯޓުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިިދިޔަ މަހު އެ ކޯޓުގައި ވަނީ254 ކައިވެނި ކޮށްފައެވެ. ނަމަވެސް މިދިޔަ މަހު ކުރި ވަރީގެ އަދަދަކީ79 އެވެ.
ވަރި ކުރުމަށް އެދި މިދިޔަ މަހު14 މައްސަލައެއް އެ ކޯޓަށް ހުށަހަޅާފައި ވާއިރު، ވަރިވުމަށް އެދި54 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
ވަރިއާމެދު ޝައްކުވުމުގެ ދެ މައްސަލައެއް މިދިޔަ މަހު އެ ކޯޓުގައި ވަނީ ބަލާފައެވެ. އަދި ވަރި ސާބިތު ކުރުމުގެ40 މައްސަލައެއް އެ ކޯޓަށް މިިދިޔަ މަހު ހުށަހަޅާފައި ވެއެވެ.
މިދިޔަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ 19 އިންސައްތަ އަކީ ދުވަހަކުވެސް ކައިވެނި ކޮށްފައި ނުވާ މީހުންނެވެ.
ބޯހިމެނުމުގެ މައުލޫމާތު އެއްކުރެވިގެން ދިޔައިރު، ރާއްޖޭގައި ދިރިއުޅޭ ދިވެހި އާބާދީގެ15 އަހަރުން މަތީގެ69 އިންސައްތަ އަކީ ކައިވެނި ކޮށްގެން އުޅޭ މީހުންނެވެ. އަދި9 އިންސައްތަ އަކީ ވަރިވެފައިވާ އާބާދީއެވެ.
ބޯހިމެނުމުން ދައްކާ ގޮތުގައި15 އަހަރުން މަތީގެ އާބާދީގެ19 އިންސައްތަ މީހުން ދުވަހަކުވެސް ކައިވެނި ކޮށްފައެއް ނުވެއެވެ. އަދި3 އިންސައްތަ އަކީ ހުވަފަތް ވެފައިވާ މީހުންނެވެ.
ދިވެހި އަންހެނުް އެވްރެޖްކޮށް ކައިވެނި ކުރާ އުމުރަކީ20 އަހަރެވެ. އަންހެނުންނާ އަޅާ ބަލާއިރު ފިރިހެނުން ކައިވެނި ކުރާ އުމުރު ފަސް ކަމަށް ބޯހިމެނުމުން ދައްކައެވެ. އެގޮތުުން ފިރިހެނުން އެވްރެޖްކޮށް ކައިވެނި ކުރަނީ24 އަހަރުން ކަމަށް ބޯހިމެނުމުން ދައްކައެވެ.
މިހާރު ދިވެހި ރާއްޖޭގައި ދިރިއުޅޭ އާބާދީއަކީ515،132 އެވެ. އޭގެ ތެރޭގައި ހިމެނެނީ 382،639 ދިވެހިންނެވެ. އެއީ188،077 އަންހެނުންނާއި 194،562 ފިރިހެނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް