ޓުވިޓާ އެކައުންޓު ހެކް ކުރިޔަސް ބުނަން ބޭނުން އެއްޗެއް ނުބުނެ ހުންނާނޭ ހީނުކުރައްޗޭ: ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ޓުވިޓާ އެކައުންޓު ހެކް ކޮށްފި އެވެ. ރޮޒައިނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްމީ ޓުވިޓާ އެކައުންޓު ހެކް ކުރީ ރޭ ދަންވަރު 2:00 ހާއިރުން ފެ...

30 Jul 2022 | 18:27

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ޓުވިޓާ އެކައުންޓު ހެކް ކޮށްފި އެވެ.

ރޮޒައިނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްމީ ޓުވިޓާ އެކައުންޓު ހެކް ކުރީ ރޭ ދަންވަރު 2:00 ހާއިރުން ފެށިގެން ކަމަށެވެ. އެކަމަކު އޭގެ ފަހުން ޓުވީޓެއް އެ އެކައުންޓުން ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ރޮޒައިނާގެ ޓުވިޓާ އެކައުންޓު ހެކް ކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވަމުން ގެންދަވަނިކޮށެވެ. ރޮޒައިނާ ނަޝީދަށް ފާޑުވިދާޅުވީ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ހައްޔަރު ކުރުމުން ހިތްހަމަ ޖެހިވަޑައިނުގަތް ރައީސް ސޯލިހުގެ މައްޗަށް ޒިނޭގެ ތުހުމަތުތަކެއް ނަޝީދު ކުރެއްވުމުންނެވެ.

ރޮޒައިނާ ވިދާޅުވީ ރޭ 2:00 އާއިހަމައަށް ނަޝީދަށް ފާޑު ވިދާޅުވެ އަދި އެނޫންވެސް އެ އެކައުންޓުން ކޮށްފައިވާ ޓުވީޓުތަކަކީ އޭނާ ކުރައްވާފައިވާ ޓުވީޓުތަކެއް ކަމަށެވެ. އަަދި އެކައުންޓު ހެކް ކުރިޔަސް ބުނަން ބޭނުން އެއްޗެއް ނުބުނެ ހުންނާނެ ކަމަށް ހީނުކުރުމަށް ރޮޒެއިނާ ލިޔުއްވާފައިވެ އެވެ.

ރައީސް ސޯލިހުގެ މައްޗަށް ނަޝީދު ކުރެއްވި ތުހުމަތު އެމަނިކުފާނު ވަނީ ތަރުޖަމާނު މުހައްމަދު މަބްރޫކް މެދުވެރި ކުރައްވާ ދޮގު ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް