މާދަމާ ރަަަޔޯ ވައެކާނޯ އާއި ދެކޮޅަަަށް ނެގި ޔުނައިޓެޑުގެ ސްކޮޑުގައި ރޮނާލްޑޯ ހިމަނަައިފި

ސްޕެއިންގެ ރަޔޯ ވައެކާނޯއާއި ދެކޮޅަށް އާދިއްތަ ދުވަހު މެންޗެސްޓަރ ޔުނައިޓެޑު ކުޅެން ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗަައް ނެގި މެންްޗެސްޓަރ ޔުނައިޓެޑުގެ ސްކޮޑުގަައި ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނަ...

30 Jul 2022 | 17:34

ސްޕެއިންގެ ރަޔޯ ވައެކާނޯއާއި ދެކޮޅަށް އާދިއްތަ ދުވަހު މެންޗެސްޓަރ ޔުނައިޓެޑު ކުޅެން ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗަައް ނެގި މެންްޗެސްޓަރ ޔުނައިޓެޑުގެ ސްކޮޑުގަައި ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނައިފިއެވެ.

ރަޔޯ ވައެކާނޯ އާއި ދެކޮޅަށް ކުޅޭނެ ކަން ކަށަވަރު ކޮށްދެމުން ކޯޗު އެރިކްް ޓެންް ހާާގް ބުނެފައިވަނީ މާދަަމާ ރަޔޯ ވައެކާނޯ އާއި ދެކޮޅަށްް ރޮނާލްޑޯ ކުޅޭނެ ކަމަށާއި އަދި އެ މެޗަށް ނެގި ސްކޮޑުގަަައިވެސްް ރޮނާލްޑޯ ހިމަނާފަައިވާ ކަމަށެވެ.

" މާދަމާ ރަޔޯ ވައެކާނޯ އާއި ދެކޮޅަށް ރޮނާލޑޯ ކުޅޭނެ. އޭނާާާ މިހާރު ވާާނީ މާދަމާގެ މެޗަށް ނެގި ސްކޮޑުގައި ވެސްް ހިމަނާފަ. އަހަރެމެން ބަލާނަން ރޮނާލްްޑޯއަށް އެ މެޗުގައި ކުޅެވެނީ ކިހާާއިރަކުތޯ." ޓެން ހާގް ބުންޏެވެ.

ރޮނާލްޑޯ ޔުނައިޓެޑުގެ ފަރިތަކުރުން ތަކުގައި މިހާރު ބައިވެރިވާން ފަށާފައި ވާއިރު، ޕްރިސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ތައިލެންޑާއި އޮސްޓްރޭލިއަށް ޔުނައިޓެޑު ކުރި ދަތުރުގައި ރޮނާާލްޑޯ ބައިވެރި ވެފައެއް ނުވެއެވެ.

އެގޮތުން ހޮނިހިރު ދުވަހު ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ޔުނައިޓެޑު ކުޅުނު މެޗަށް ނެގި ސްކޮޑުގައި ރޮނާލްޑޯ ހިމަނާފައެއް ނުވެއެވެ. މި މެޗައް ނެގި 21 ކުޅުންތެރިންގެ ސްކޮޑުގައި ރޮނާލްޑޯ ހިމަނާފައި ނުވަނީ ޕްރިސީޒަން ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރި ވެފައި ނުވާތީކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔުނައިޓެޑު ދޫކޮށްލަން ބޭނުންވާކަން ހާމަކުރި ފަހުން، ޔުނައިޓެޑުގެ ފަތިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރި ވެފައި ނުވަނީ އަމިއްލަ އާއިލީ ސަބަބަކާ ހެދި ކަމަށް ޔުނައިޓެޑުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް