ހުޅުމާލޭ ފަޅުތެރެއަށް ދޯންޏެއް އަޑިއަށް ހިނގައްޖެ

ހުޅުމާލޭ ފަޅުތެރެއަށް ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އަޑިޔަށް ގޮސްފައިވަނީ އެއަރޕޯޓުގެ ކާގޯ ބަނދަރުން މުދާ ބަރުކުރަމުން ދިޔަ ދޯންނެއ...

30 Jul 2022 | 16:40

ހުޅުމާލޭ ފަޅުތެރެއަށް ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އަޑިޔަށް ގޮސްފައިވަނީ އެއަރޕޯޓުގެ ކާގޯ ބަނދަރުން މުދާ ބަރުކުރަމުން ދިޔަ ދޯންނެއް ކަމަށެވެ. އަދި އެ ދޯނި އަޑިއަށް ދިޔައީ މިއަދު 3:00 ޖަހާކަންހާއިރު ކަމަށެވެ.

"އެ ދޯނި އަޑިޔަށް ގޮސްފައިވަނީ އައި ކޮޅިގަނޑެއްގައި ޖެހިގެން. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވޭ." އެމްއޭސީއެލް އިން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޚަބަރުތަކަށް ބަލާއިރު، މިއީ ލޮޖިސްޓިކް އަދި ޝިޕިންގ ގެ ޚިދުމަތް ފޯރުކޮށްދޭ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ އަރަމެކްސް ކޮރިއާ ސަރވިސްގެ ކާގޯ ދޯންޏެކެވެ.

އެ ހާދިސާގައި އަޑިއަށްގޮސްފައިވާ ދޯނީގައި ހުރި މުދާ ސަލާމަތްކުރުމުގެ މަސައްކަތުގައި ދޯނިން މުދާ އުފުލާ ކުންފުނީގެ މުވައްޒަފުންނާއި އެމްއޭސީއެލްގެ މުވައްޒަފުންނާއި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި ދޯނި ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް