ދެވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި އެސްޓީއޯއަށް 4.9 ބިލިއަން ރުފިޔާ

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޖުމުލަ އާމްދަނީގެ ގޮތުގައި އެސްޓީއޯއަށް 4.9 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ. އެ ކުންފުނިން މިއަދު އާންމުކުރި ތަފާސް ހިސާބު ދައްކާގޮތުން ދައްކާ ގޮތުން މިއީ ފުރަތަމަ ކުއާޓަ...

30 Jul 2022 | 12:30

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޖުމުލަ އާމްދަނީގެ ގޮތުގައި އެސްޓީއޯއަށް 4.9 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެ ކުންފުނިން މިއަދު އާންމުކުރި ތަފާސް ހިސާބު ދައްކާގޮތުން ދައްކާ ގޮތުން މިއީ ފުރަތަމަ ކުއާޓަރަށް ވުރެ 22 ޕަސެންޓުގެ ކުރިއެރުމެކެވެ.

ހިސާބުތައް ދައްކާގޮތުން ހިންގުމުގެ ފައިދާގެ ގޮތުގައި 217 މިލިއަން ރުފިޔާ ލިބިފާވާއިރު، ފައިނޭންސިން ހަރަދުތައް ކެނޑުމުން ލިބެނީ 188 މިލިއަން ރުފިޔާ އެވެ. ވިޔަފާރިން ނަގާ ޓެކްސް ދެއްކުމަށް ފަހު، ދެވަނަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ އަށް ލިބުނީ 155 މިލިއަން ރުފިޔާ އެވެ. އ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު މިންވަރާ އެއްވަރަށް، އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ނިސްބަތުން ބޮޑު ނުކުރެވުމުން ކުންފުނީގެ ޖުމުލަ ފައިދާ ފުރަތަމަ ކުއާޓަރަށް ވުރެ 11 މިލިއަން ރުފިޔާ ދަށްވެފައިވެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި، މި ކުއާޓަރުގައި ލިބުނު ސާފު ފައިދާ ކުރީ ކުއާޓަރަށް ވުރެ މަތިވީ އެ ކުންފުނީގެ އެހެނިހެން އާމްދަނީ އިތުރުވުމާއެކު، ހިންގުމުގެ ހަރަދު ކުޑަވުމުންނެވެ.

ދެވަނަ ކުއާޓަރުގައި ލިބުނު ޖުމުލަ އާމްދަނީ މަތިވީ، އެސްޓީއޯ އިން ވިއްކާ ތެލުން ލިބުނު އާމްދަނީ އިތުރުވުމުންނެވެ. ފުރަތަމަ ކުއާޓަރާ އަޅާކިއާއިރު، ޖުމުލަކޮށް އެސްޓީއޯގެ ވިޔަފާރި ވަނީ މަތިވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް