އެއް ޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ނޫސްވެރިޔާ އަބްދުﷲ ނަސީރުގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަންގީރާއި އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ނަސީރު ހައްޔަރު ކުރީ އިއްޔެ އެވެ. މިއީ މި މައްސަލައިގަ ހައްޔަރު ކުރި ހަތަރު ވަނަ މީހާ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަންދާއި މެދު ގޮތެއް ނިންމުމަށް 28 އަހަރުގެ މީހާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަސް ޖަހައިދީފައިވާ ކަމަށެވެ. އެ މައްސަލައިގަ ހައްޔަރުކޮށްފައިވާ 28 އަހަރުގެ މިހާ އަކީ ނަސީރެވެ.
ރާއްޖޭގެ އެކި ޓީވީ ސްޓޭޝަންތަކުގައި މަސައްކަތްކޮށްފައިވާ ނަސީރު ހައްޔަރު ކުރި އިރު ހުރީ އޮންލައިން ނޫސް "ޖަޒީރާ"ގެ ޗީފް އެޑިޓަރުގެ މަގާމުގައި އެވެ.
ނަސީރުގެ އިތުރުން މި މައްސަލައިގަ ހައްޔަރުކޮށްފައި ވަނީ ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާަލް) އާއި ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީއު އެވެ.
މީގެ ތެރެއިން ރަފީއުގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައި އެވެ. ވަކީލު ނާޒިމް އާއި ކާނަލް ނަޝީދުގެ ބަންދަށް ދީފައިވަނީ ހަތް ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް