ސަފާރީ ރޭޕް ކޭސްގެ ތަހުގީގު ރައީސް ސޯލިހު ހުއްޓުވި ކަމަށް ނަޝީދު ވިދާޅުވެއްޖެ!

ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރަން އުޅުނު މައްސަލައަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުފޫޒު ފޯރުވައި މައްސަލައިގެ ތަހުގީގު ހުއްޓުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝ...

30 Jul 2022 | 08:51

ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރަން އުޅުނު މައްސަލައަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުފޫޒު ފޯރުވައި މައްސަލައިގެ ތަހުގީގު ހުއްޓުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ2020 ވަނަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅު އެވެ. ބިދޭސީ އަންހެން މީހާއަށް ޖިންސީ ގޯނާ ކުރަން އުޅުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހަމޫދުގެ ފިރިކަލުންނާއި އެހެން ސިޔާސީ ނުފޫޒުގަދަ މީހެކެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގަ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ހައްޔަރު ކުރުމުން ހިތްހަމަ ޖެހިވަޑައިނުގަތް އެމްޑީޕީގެ ސޯޝަލް މީޑިއާ ގްރޫޕުތަކަށް ކުރައްވަމުން ގެންދަވާ މެސެޖުތަކުގެ ތެރެއިން ރޭ ކުރެއްވި އިތުރު މެސެޖުތަކެއްގައި ނަޝީދު ވިދާޅުވީ ނުފޫޒު ފޯރުވައިގެން ސަފާރީ ރޭޕް ކޭސްގެ މައްސަލަ ހުއްޓުވީ ރައީސް ސޯލިހު ކަމަށެވެ. އެމަނިކުފާނު އެ މައްސަލައިގެ ތަހުގީގު ހުއްޓުވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އަންގަވައިގެން ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެގޮތަށް ކޮރަޕްޝަނާއި އެނޫންވެސް މައްސަލަތަކުގެ ތަހުގީގު ހުއްޓުވާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް