ފިލްމު "ޝަމްޝޭރާ"، ރަންބީރުގެ ހަތް ވަނަ ފްލޮޕަށް ވަނީ!

މިދިޔަ ހަފްތާގެ ހުކުރު ދުވަހު ރިލީޒް ކުރި ބޮލީވުޑްގެ ފިލްމު "ޝަމްޝޭރާ" ފްލޮޕް ވުމާއި ދިމާލަށް މިސްރާބު ޖަހައިފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ. ފިލްމު ރިލީޒް ކުރި ދުވަހު އާމްދަނީގެ ގޮތުގައި ލިބުނީ 10 ކ...

30 Jul 2022 | 06:38

މިދިޔަ ހަފްތާގެ ހުކުރު ދުވަހު ރިލީޒް ކުރި ބޮލީވުޑްގެ ފިލްމު "ޝަމްޝޭރާ" ފްލޮޕް ވުމާއި ދިމާލަށް މިސްރާބު ޖަހައިފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ފިލްމު ރިލީޒް ކުރި ދުވަހު އާމްދަނީގެ ގޮތުގައި ލިބުނީ 10 ކްރޯޑު އިންޑިއަން ރުޕީސް އެވެ. ހަފްތާއެއް ފަހުން އިއްޔެ ފިލްމަށް ލިބުނީ އެންމެ 80 ލައްކަ ރުޕީސް އެވެ.

ފުރަތަމަ ހަފްތާ ނިމުނު އިރު ޖުމްލަ ފިލްމަށް ލިބިފައިވަނީ އެންމެ 40 ކްރޯޑު ރުޕީސް އެވެ.

މަޝްހޫރު ޑައިރެކްޓަރު އަދިތްޔަ ޗޯޕްރާ ޑައިރެކްޓުކޮށްފައިވާ މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދަނީ ރަންބީރު ކަޕޫރާއި ވާނީ ކަޕޫރު އަދި ސަންޖޭ ދަތެވެ.

މި ފިލްމު ފޮލޮޕް ފިލްމުތަކުގެ ތެރޭގައި މިހާރު ކަނޑައަޅާފައިވާއިރު މިއީ ރަންބީރުގެ ކެރިއަރުގައި ޖެހޭ ބޮޑު ލަފެކެވެ. މިއީ ކެރިއަރުގައި ފްލޮޕްވި އޭނާގެ ހަތް ވަނަ ފިލްމެވެ.

މީގެ ކުރިން ލޮޕްވެފައިވާ ރަންބީރުގެ ފިލްމުތަކުގެ ތެރޭގައި "ސާވަރިޔާ"، "ބޭޝަރަމް"، "ރޯއީ" އަދި "ބޮމްބޭ ވެލްވެޓް"ގެ އިތުރުން "ތަމާޝާ" އާއި "ޖައްގާ ޖާސޫސް" ހިމެނެ އެވެ.

މި ދުވަސްވަރަކީ ބޮލީވުޑް ފިލްމުތަކަށް މާ ކާމިޔާބު ދުވަސްވަރެއް ނޫނެވެ. މިއަހަރު ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން ކާމިޔާބުވެފައިވަނީ ކާތިކް އާރްޔަންގެ ފިލްމު "ބޫލް ބުލައިޔާ 2" އެކަންޏެވެ.

އަކްޝޭ ކުމާރު، ޓައިގާ ޝްރޮފް، ކަންގަނާ ރަނާވަތު މެން ފަދަ ތަރިން ލީޑްރޯލުން ފެނިގެން ދިޔަ ފިލްމުތައް ވަނީ ފްލޮޕްވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް