ހުޅަނގު މޫސުމުގެ ބާރުގަދަވެއްޖެ، ކުރިއަށް އޮތް ތިން ދުވަހު މޫސުން ވަަރަށް ގޯސް

ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ގަދަވެފައިވާކަމަށާއި އެހެންކަމުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާ...

30 Jul 2022 | 06:06

ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ގަދަވެފައިވާކަމަށާއި އެހެންކަމުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ދެންމެ ބުނެފައިވަނީ މި ވިއްސާރައިގައި ހާއްސަކޮށް މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވުމާއެކު ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށެވެ.

"ވީމާ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ދަންނަވަން" މެޓުން ބުނެފައިވެއެވެ.

މެޓުން އިތުރަށް ބުނެފައިވަނީ ގަދަވަޔާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް ދަންނަވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް