ފޮޓޯ ހުރިނަމަ އެ ފޮޓޯއެއް ލާށޭ ބުނީމަ އެ ފޮޓޯ ލާން ރައީސް ނަޝީދަށް ނުކެރެނީ އެ ފޮޓޯއެއް ނެތީމާކަމުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒޭ މިހެން ވިދާޅުވީ އިއްޔެއިއްސުރެ ރައީސް، ރައީސް ސޯލިހަށް އެ ތުހުމަތު ކުރައްވަމުން ގެންދަވާ ބޮޑު ތުހުމަތަށް އިޝާރާތް ކުރައްވައެވެ.
އިއްޔެއިއްސުރެ ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އަންހެން ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގާ މަންޒަރު ފެންނަ ފޮޓޯތަކެއް އެ މަނިކުފާނަށް ލިބިފައިވާކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ މައި ވަޓްސްއެޕް ގްރޫޕެއްގައެވެ. ނަޝީދު މިހެން ވިދާޅުވުމާއެކު މަސްރަހު ހޫނުވެ ރައްދު ހަމަލާތައް އެ ގްރޫޕްތެރޭގައި ބަދަލުކުރިއެވެ. އެ ރައްދުތަކުގެ ތެރެއިން އެ ފޮޓޯތައް ލަންތޯ ؟ ރައީސް ނަޝީދު އެއްސެވުމުން ޖަވާބުގައި އެ ކޮންވަޒޭޝަންގައިވެސް ރޮޒޭ ވަނީ "ލާބަލަ" މިހެން ރައްދު ދީފައެވެ.
އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޒިނޭކޮށް ލިވާތުކޮށްފިނަމަ ވަގުތުން އަޒުލުކުރުން ވާޖިބުވާނެކަމަށާ އެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ފެންނަކަމަށް ޓްވިޓާގައި މީހަކު ބުނުމުން އެ ޓްވީޓަށް ރައްދު ދެއްވައި ރޮޒޭ ވިދާޅުވެފައިވނީ ފޮޓޯތައް ލާށޭ ބުނީމަ ރައީސް ނަޝީދަށް އެ ލާން ނުކެރުނު ކަމަށެވެ. އެއީ އެބުނާ ފޮޓޯތަކެއް ނެތީމާ ކަަމަށެެވެ.
https://twitter.com/Roxeyna/status/1553070902174031873
"ތި އިންސާނާ ހަދާ ދޮގު ނޭނގޭ މީހެއް މި ގައުމަކު ނެތް، ލިވާތުކޮށްގެން ކޮއްކޮ ހައްޔަރު ކުރީމާ އެހެން މީހުންނަށް ކޮން ވަރެއްތަ ބާލަނީ" ރޮޒޭ ވިދާޅުވެފައިވެއެވެ.
އެ ޓްވީޓްގައި ރޮޒޭ ތަކުރާރުކޮށް އެދިލައްވާފައިވަނީ ހުރިއްޔާ ހުރި ވީޑިއޯއަކާއި ފޮޓޯއެއް ލުމަށެވެެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް