ބޮލީވުޑްގެ ޖޯޑުން ކަމަށްވާ ކަރަް ގްރޯވަރާއި ބިޕާޝާ ބާސޫއަށް ދަރިއަލު ލިބެން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މި ދެތަރިން ކައިވެނި ކުރީ2016 ވަނަ އަހަރުގެ އޭޕްރިލް މަހުގެ30 ވަނަ ދުވަހު އެވެ.
އަލަތު ދަރިފުޅު ލިބެން އުޅޭކަން އެ ދެމަފިރިން ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ބިޕާޝާ ބަލިވެ އިންކަން އެ ދެމީހުންގެ ގާތް އެކުވެރިން ވަނީ ކަޝަވަރު ކޮށްދީފަ އެވެ.
އަދި ވަރަށް އަވަހަށް ކަރަން އާއި ބިޕާޝަ ރަސްމީކޮށް އެކަން އިއުލާނު ކުރާނެ ކަމަށްވެ އެވެ.
ބިޕާޝާ އާއި ކަރަން ދިމާވީ 2014 ގައި، އެ މީހުން އެކުގަައި މަސައްކަތް ކުރި ފިލްމު "އެލޯން" ގެ ސެޓުންނެވެ. ފިލްމުގެ މަސައްކަތް ނިންމާލި އިރު ގާތް ގުޅުމެއް އުފެދިފައިވާ ކަމަށް އޭރު އެ ދެމީހުން ބުންޏެވެ.
ބިޕާޝާ އާއި ކައިވެނި ކުރުމުގެ ކުރިން ކަރަން ވަނީ އިތުރު ދެ ކައިވެނި ކޮށްފަ އެވެ. އެއީ ޓީވީ ތަރިން ކަމަށްވާ ޝްރައްދާ ނިގަމް އާއި ޖެނިފާ ވިންގެޓްއާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް