ރަޔޯ ވައެކާނޯއާއި ދެކޮޅަށް ރޮނާލްޑޯ ކުޅޭނެ

ސްޕެއިންގެ ރަޔޯ ވައެކާނޯއާއި ދެކޮޅަށް އަންނަ އާދިއްތަ ދުވަހު މެންޗެސްޓަރ ޔުނައިޓެޑު ކުޅެން ހަމަޖެހިފައުވާ އެކުވެރިކަމުގެ މެޗުގައި ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭނެއެވެ. ރަޔޯ ވައެކާނޯ އާއި ދެކޮޅަށް ކ...

29 Jul 2022 | 19:30

ސްޕެއިންގެ ރަޔޯ ވައެކާނޯއާއި ދެކޮޅަށް އަންނަ އާދިއްތަ ދުވަހު މެންޗެސްޓަރ ޔުނައިޓެޑު ކުޅެން ހަމަޖެހިފައުވާ އެކުވެރިކަމުގެ މެޗުގައި ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭނެއެވެ.

ރަޔޯ ވައެކާނޯ އާއި ދެކޮޅަށް ކުޅޭނެ ކަން ކަށްވަރު ކޮށްދެމުން ރޮނާލްޑޯ އޭނާގެ އިންސްޓަ ގްރާމުގައި ފޭނުންނަށް އަމާޒުކޮށް ކުރި ޕޯސްޓެއްގައި މި ޕޯސްޓުގައި ބުނެފައިވަނީ " ސަންޑޭ ދި ކިންގް ޕްލޭސް " މިހެންނެވެ. އާދިއްތަ ދުވަހު ކިންގް ކުޅޭނެ ކަމަށެވެ.

ރޮނާލްޑޯ ޔުނައިޓެޑުގެ ފަރިތަކުރުން ތަކުގައި މިހާރު ބައިވެރިވާން ފަށާފައި ވާއިރު، އޭނާ ޕްރިސީޒަނަށް ތައްޔާރު ވުމަށް ތައިލެންޑާއި އޮސްޓްރޭލިއަށް ޔުނައިޓެޑު ކުރި ދަތުރުގައި ބައިވެރިވެފައެއް ނުވެއެވެ.

އެގޮތުން ހޮނިހިރު ދުވަހު ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ޔުނައިޓެޑު ކުޅޭ މެޗަށް ނެގި ސްކޮޑުގައި ރޮނާލްޑޯ ހިމަނާފައެއް ނުވެއެވެ. މި މެޗައް ނެގި 21 ކުޅުންތެރިންގެ ސްކޮޑުގައި ރޮނާލްޑޯ ހިމަނާފައި ނުވަނީ ޕްރިސީޒަން ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރި ވެފައި ނުވާތީކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔުނައިޓެޑު ދޫކޮށްލަން ބޭނުންވާކަން ހާމަކުރި ފަހުން، ޔުނައިޓެޑުގެ ފަތިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރި ވެފައި ނުވަނީ އަމިއްލަ އާއިލީ ސަބަބަކާ ހެދި ކަމަށް ޔުނައިޓެޑުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް