"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި އިދިކޮޅު ކޯލިޝަނުން ކެމްޕެއިނެއް ފަށައިފި

"މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި އިދިކޮޅު ޕީީޕީއެމް ޕީއެންސީ ކޯލިޝަނުން ކެމްޕެއިނެއް ފަށައިފި އެވެ. މި ކެމްޕެއިން ރަސްމީކޮށް ފައްޓަވައިދެއްވީ އިދިކޮޅު ކޯލިޝަންގެ ވެރިއެއްގެ ގޮތުގައި ހުން...

30 Jul 2021 | 17:17

"މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި އިދިކޮޅު ޕީީޕީއެމް ޕީއެންސީ ކޯލިޝަނުން ކެމްޕެއިނެއް ފަށައިފި އެވެ.

މި ކެމްޕެއިން ރަސްމީކޮށް ފައްޓަވައިދެއްވީ އިދިކޮޅު ކޯލިޝަންގެ ވެރިއެއްގެ ގޮތުގައި ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. މިރޭ ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ކެމްޕެއިނަކީ ރައީސް ޔާމީންގެ އިސްނެންގެވުމާއެކު، މިނިވަންކަން ދިފާޢު ކުރުމަށް ފެށި ކެމްޕެއިނެއް ކަމަށް އިދިކޮޅުން ބުނެ އެވެ.

https://twitter.com/ProgressPartyMV/status/1421152954707447818

އެ ޕާޓީން މި ފެށި ކެމްޕޭނުގައި ބައިވެރިވުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އާއި ޖުމްހޫރީ ޕާޓ އަދި އަދާލަތު ޕާޓީގެ ލީޑަރުންނަށް ވެސް ޕީޕީއެމް އިން ވަނީ ގޮވާލާފަ އެވެ.

މީގެ އިތުރުން ދިވެހި ހުރިހައި ރައްޔިތުން ވެސް މި ކެމްޕެއިނުގައި ބައިވެރިވުމަށް ވަނީ އެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް