ޗައިނާއިން ކޯވިޑް ކޮންޓްރޯލް ކުރި ފަހުން ފުރަތަމަ ފަހަރަށް ބަލީގެ ހާލަތު ގޯސްވާން ފަށައިފި

ކޯވިޑް-19 ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގައި ބަލި ކޮންޓްރޯލް ކޮަށް ގައުމު ހަމަޔަކަށް އެޅުނު ފަހުން ފަރަތަމަ ފަހަރަށް އެ ގައުމުގައި ކޯވިޑްގެ ހާލަތު ގޯސްވާން ފަށައިފި އެވެ. ޗައިނާގައި މިހާރު ބަލީގ...

30 Jul 2021 | 16:42

ކޯވިޑް-19 ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގައި ބަލި ކޮންޓްރޯލް ކޮަށް ގައުމު ހަމަޔަކަށް އެޅުނު ފަހުން ފަރަތަމަ ފަހަރަށް އެ ގައުމުގައި ކޯވިޑްގެ ހާލަތު ގޯސްވާން ފަށައިފި އެވެ.

ޗައިނާގައި މިހާރު ބަލީގެ ހާލަތު ގޯސްވެފައިވަނީ ނަންޖިން ސިޓީގައި އެވެ. އެ ސިޓީން މިމަހުގެ20 ވަނަ ދުވަހު ކޭެސްތަކެއް ފެނިފައިވަނީ އެއާޕޯޓުން ސިޓީއަށް އެތެރެވި ބައެއް ކަމަށްވެ އެވެ

އަދި މިވީ10 ދުވަސް ތެރޭގައި200 އަށްވުރެ ގިނަ މީހުން ޕޮސިޓިވްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެންވެ ސިޓީގެ ސަރުކާރުން ވަނީ އެއީ ބަލި ނަންޖިން ސިޓީއަށް އެތެރެވެފައިވަނީ އެމީހުންގެ އިހުމާލުން ކަމަށް އިއުތިރާފުވެފައި އެވެ. އަދި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުގައި އެ ސިޓީއަށް ކުރާ ހުރިހާ ވައިގެ ދަތުރެއް އަންނަ މަހު 11 އާއި ހަމައަށް ވަނީ މެދުކަނޑާލާފައިި އެވެ.

ނަންޖިން ސިޓީގައި ކޯވިޑް ފެތުރެމުންދާއިރު އެ ކޭސްތަކާއި ގުޅުން ހުރި މީހުން އިތުރު ފަސް ޕްރޮވިންސަކާއި ވެރިރަށް ބެއިޖިންއިން ވަނީ ޕޮސިޓިވްވެފައި އެވެ. އަދި އެހެން ކޭސްތަކާއި އެކު ޗައިނާގައި 13 ސިޓީއެއްގައި ދަނީ ކޯވިދް ފެތުރެމުންނެވެ. އޮފިޝަލުން ލަފާ ކުރާ ގޮތުގައި އެންމެ ގިނަ މީހުން ޕޮސިޓިވްވަމުންދާ ނަންޖިންގައި ފެތުރެމުން ދަނީ ޑެލްޓާ ވޭރިއަންޓެވެ.

ކަމާބެހޭ އޮފިޝަލުން މިހާރު ވަނީ ނަންޖިން ސިޓީގައި ވަރަށް ފުޅާ ދާއިރާއެއްގައި ޓެސްޓް ކުރަން ފަށައިފަ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެ ސިޓީގެ 9.3 މިލިއަން މީހުން ޓެސްޓް ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް