ޒުވާނަކު ގެއްލިގެން ހޯދާތާ ތިން ދުވަސް، ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

ޒުވާނަކު ގެއްލިގެން ރިޕޯޓުކޮށްފައިވާތީ އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ. ގެއްލިގެން ހޯދަމުން ދަނީ  އދ. ކުނބުރުދޫ، ފެހިގެ، އުމުރުން 26 އަހަރުގެ އަޙްމަދު ނައުފަލް އެވެ. ...

30 Jul 2021 | 11:34

ޒުވާނަކު ގެއްލިގެން ރިޕޯޓުކޮށްފައިވާތީ އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ގެއްލިގެން ހޯދަމުން ދަނީ  އދ. ކުނބުރުދޫ، ފެހިގެ، އުމުރުން 26 އަހަރުގެ އަޙްމަދު ނައުފަލް އެވެ.

ފުލުހުންގެ މީޑިއާއިން ބުނީ އޭނާ ގެެއްލިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި ފުލުހުންނަށް މިކަން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

އާއިލާ އާއި ހަވާލާދީ ފުލުހުން ބުނީ އަޙްމަދު ނައުފަލްގެ ޚަބަރެއް އެންމެ ފަހުން ވީއިރު އޭނާ އުޅެމުންއައީ ރައްޓެއްސަކާއެކު މާލޭގައި އެވެ.

ނައުފަލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696  އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދެ އެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް