އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ދިލްޖީތް ދޯސަންޖް ވަރަށް ލޯބިވާ އަދި ގަޔާވާ މީހަކު ހުންނަކަމީ އޭނާ ސިއްރު ކުރާ ކަމެއް ނޫނެވެ.
އޭނާ އެންމެ ލޯބިވާ މީހަކީ އެމެރިކާގެ މަޝްހޫރު މޮޑެލް އަދި ރިއަލިޓީ ޝޯތަކުގައި މަޝްހޫރު ކިމް ކާޑޭޝަންގެ ކޮއްކޮ ކައިލީ ޖެނާ އެވެ. ދިލްޖީތް ވަނީ އޭނާ ކައިލީ ދެކެ ވާ ލޯބި ހާމަކުރުމަށް އެތައް ކަމެއް ކޮށްފަ އެވެ.
އެގޮތުން ކައިލީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފި ނަމަ އެއަށް ވަރަށް ލޯބިން ދިލްޖީތް ކޮމެންޓު ކޮށްހަދަ އެވެ. އަދި ކައިލީ ކުރީގެ ލޯބިވެރިއާ އާއި އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރުމުން ދިލްޖީތް ވަނީ ހިތްފަޅައިގެން ގޮސް ހަމަ ހަގީގައިތުގައިވެސް އޭނާ ދެރަވިވަރު ސޯޝަލް މީޑިއާ މެދުވެރިކޮށް ކައިލީއަށް ބުނެދީފަ އެވެ.
މީގެ އިތުރުން އޭނާ ކިޔާފައިވާ ލަވައެއް ކަމަށްވާ "ޑޫ ޔޫ ނޯ" ރިލީޒް ވުމުން އެ ލަވަ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ކައިލީ ޓެކްގު ކޮށްފައިވެ އެވެ. އޭގެ މާނައަކީ ސިއްރުން ތިބުނަނީ އެ ލަވައަކީ ކައިލީއަށް ނިސްބަތްކޮށް ހަދާފައިވާ ލަވައެއްތޯ ސަޕޯޓަރަކު ސުވާލު ކުރުމުން ދިލްޖީތް ވަނީ އެލަވަ ކައިލީއަށް ހާއްސަކުރަނީ ސިއްރުން ނޫން ކަމަށާއި އެއީ އޭނާއަށް ހާއްސަކޮށް ހަދާފައިވާ ލަވައެއްކަމަށް ފަޅުގައި ބުނާ ކަމަށް ބުނެފަ އެވެ.
ކައިލީ ބަލިވެ އިނދެ ދަރިއަކު ލިބުނީވެސް ދިލްޖީތް އޭނާދެކެ ވާ ލޯބި ހާމަ ކުރަމުން ދަނިކޮށެވެ. ކައިލީ ބަނޑުބޮޑުވުމުން އިންޑިއާ މީޑިއާގައި ދިލްޖީތަށް ޖޯކު ޖަހަން ފެށުމުން އޭނާ ބުނެފައިވަނީ ކައިލީ 20 ފަހަރު ބަނޑުބޮޑުވިޔަސް އޭނާ ދެރަވާން ޖެހޭ ކަމެއް ނެތް ކަމަށެވެ.
އޭގެ ފަހުން މަޝްހޫރު ޝޯ "ކޮފީ ވިތް ކަރަން" ގައި ދިލްޖީތް ވަނީ އޭނާ ހަގީގަތުގައިވެސް ކައިލީ ދެކެ ލޯބިވާ ކަމަށް ބުނެފަ އެވެ.
އެކަމަކު އެންމެ ފަހުން ސަޕޯޓަރުންނާއި އެކު އިންސްޓަގްރާމް މެދުވެރިކޮށް ކުރިޔަށް ގެންދިޔަ ސުވާލާއި ޖަވާބު ދިނުމުގައި އޭނާވަނީ ކައިލީ އޭނާގެ ހިތުން ފޮހެލާފައިވާކަން ހާމަކޮށްފަ އެވެ.
ސަޕޯޓަރަކު ދިލްޖީތް ކައިރީ ބުނެފައިވަނީ ކައިލީ ޖެނާގެ ލޯތްބާއި ގުޅޭގޮތުން އެއްޗެއް ބުނުމަށެވެ. ޖަވާބުގައި ދިލްޖީތް ބުނެފައިވަނީ އެއީ ކުރިން ހިނގާފައި ހުންނަ ކަންކަން ކަމަށެވެ.
އެހެންވެ އެންމެވެސް ގަބޫލު ކޮށްފައިވަނީ ދިލްޖީތްގެ ހިތުގައި ކައިލީއަށް އޮތް ލޯބި މިހާރު ފޮހެވި ގޮސްފައިވާ ކަމަށެވެ. އަދި އޭނާ މީގެ ކުރިން ސޯޝަލް މީޑިއާ މެދުވެރިކޮށް ކައިލީއަށް ފާޅު ކުރި ލޯތްބަކީ މީޑިއާ ސްޓަންޓެއްގެ ގޮތުގައި ސިފަ ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް