ހއ. ތަކަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ތަކަންދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެ ރަށް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.
މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި އެ ރައްތަކަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.
ތަކަންދޫއިން ކޯވިޑް ޖެހިފައިވަނީ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި އަންހެނެކެވެ. އެމީހާއަށް ކޯވިޑް ޖެހުނު ކަމަށް ބެލެވެނީ މާލެއިން ދިޔަ އާއިލާ ބައެއް ފަރާތުން ކަމަށް އެ ރަށުން "ދުވަސް" އަށް މައުލޫމާތުދިން މީހަކު ބުންޏެވެ.
އެޗްޕީއޭއިން ބުނީ އެ ރަށްރަށުން ފެނުނު ކޯވިޑް ކޭސްއާއި ގުޅިގެން ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ 11 ރަށެވެ،
އެޗްޕީއޭއިން ގައިޑްލައިންތަކަށް ގެނެސްފައިވާ ބަދަލާއި އެކު ބަލި ޖެހުނުތާ 60 ދުވަސް ނުވާ މީހުންނާއި ކޯވިޑް-19 ވެކްސިން ދެ ޑޯޒު ފުރިހަމަ ކޮށްގެން ދާ މީހުންވެސް މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގައި 14 ދުވަހު ކަރަންޓީން ވާން ޖެހޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް