ޚުޝީގެ އެންމެ ފަހުގެ ފޮޓޯ ޝޫޓްގަ އޭނާ ހުރީ ނިދާހެދުމުގަ

ބޮލީވުޑްގެ ތަރި ޖާންވީ ކަޕޫރްގެ ކޮއްކޮ ޚުޝީ ކަޕޫރް ވަނީ ދާދިފަހުން އޭނާ އެންމެ ފަހުން ނެގި ފޮޓޯ ޝޫޓްގެ ފޮޓޯތައް ހިއްސާކޮށްފައެވެ. އޭގަ ފެންނަނީ ފިޔާތޮށިކުލައްގެ ފުއްޕި ހެދުމެއްގެ ދަށުން ނިދާ ހެދުން ލަ...

30 Jul 2021 | 10:22

ބޮލީވުޑްގެ ތަރި ޖާންވީ ކަޕޫރްގެ ކޮއްކޮ ޚުޝީ ކަޕޫރް ވަނީ ދާދިފަހުން އޭނާ އެންމެ ފަހުން ނެގި ފޮޓޯ ޝޫޓްގެ ފޮޓޯތައް ހިއްސާކޮށްފައެވެ.

އޭގަ ފެންނަނީ ފިޔާތޮށިކުލައްގެ ފުއްޕި ހެދުމެއްގެ ދަށުން ނިދާ ހެދުން ލައިގެން ހުއްޓައެވެ.

ފޮޓޯތައް ހިއްސާ ކުރަމުން ހުށީ ބުނެފައިވަނީ " ފިޔާތޮށި ކުލައަކީ އޭނާގެ އެންމެ ފޭވަރިޓް ކުލަކަން އެނގޭހެއްޔެވެ؟ މިހެނެވެ. އަދި މިއާއި އެކު އޭނާ މޭކަޕްކޮށްދިން ފަރާތަކަށާއި ސްޓައިލިސްޓަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

ޚުޝީގެ މި ފޮޓޯ ޝޫޓުން ފެންނަ ހުރިހާ އެއްޗެއްވެސް ހުރީ ފިޔާތޮށި ކުލައިގައެވެ.

https://www.instagram.com/p/CR6STAGrQPp/?utm_source=ig_embed&ig_rid=d920bfcc-14bb-4fbb-81b8-86eb02fdd884

ޚުޝީގެ މި ފޮޓޯއަށް އަނޫރާގް ކަޝްޔަޕްގެ ދަރިފުޅު އާލިޔާ ކަޝްޔަޕް ވަނީ އޭނާ ހުރީ ހުސްކޮށްތޯ އަހާ ކޮމެންޓް ކޮށްފައެވެ. އަދި މި ފޮޓޯއަށް ޝާރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާންވެސް ވަނީ ލައިކް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް