މަރަދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ގެންދިޔަ ބަލި މީހަކު ކޯވިޑް-19 އަށް ފައްސިވުމުން ސިއްހީ މަރުކަޒު 3 ދުވަހަށް ބަންދުކޮށްފިއެވެ.
މަރަދޫ ޞިއްޙީމަރުކަޒުން ކުރި އިއުލާނެއްގައި ބުނީ އެތަނުގައި އެނދުމަތި ކުރެވިފައިވާ ބަލި މީހަކު ކޯވިޑް-19 ފައްސިވި އިރު މަރުކަޒުގެ ބައެއް މުވައްޒަފުން ބަލިމީހާއި އެއްތަންވެފައި ވުމުގެ ސަބަބުން މަރުކަޒުގެ ހިދުމަތް ކުރިއަށް އޮތް 3 ދުވަހަށް (30 ޖުލައި 2021 ވަނަ ދުވަހުން 01 އޮގަސްޓް 2021 އަށް) ހުއްޓާލެވިފައިވާ ކަމަށެވެ.
މަރުކަޒުގެ މުވައްޒަފުންގެ ސުންސް ނެގި ނަތީޖާ ލިބުމަށް ފަހު އަލުން ހިދުމަތް ފަށައިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.
މަރަދޫ ސިއްހީ މަރުކަޒުގެ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ ބަލިވެގެން ފަރުވާ ހޯދަވަން ޖެހިވަޑައިގެންފިނަމަ އެންމެ ކައިރީގައި ހުރި ސިއްހީ ހިދުމަތް ދޭ ތަނަކަށް ވަޑައިގެންނެވުމަށް އިލްތިމާސް ކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް