ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރަކީ ވަރަށް ނާޒުކު އަދި ނުރައްކާތެރި ދައުރެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ހުތުބާ ބިނާކޮށްފައިވަނީ ދަރިން ތަރުބިއްޔަތު ކުރުމާއި ދެމަފިރިން ގުޅިގެން އުޅުމުގެ މައްޗަށެވެ.
ދަރިން ތަރުބިއްޔަތު ކުރުމުގެ މަސްއޫލިއްޔަތަކީ ޒިންމާދާރު، ސާލިހު ދެމަފިރިންނަށް މެނުވީ ނުއުފުލޭ ވަރުގެ މަސްއޫލިއްޔަތެއްކަމަށް ވެސް ވަނީ ޚުތުބާގައި ބުނެފަ އެވެ. އަދި ތަރުބިއްޔަތު ފެށޭ ދަރުސްގާހަކީ މައިންބަފައިންގެ އުނގު ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ހުތުބާގައި ބުނެފައިވަނީ ދަރިންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދައިދިނުމަށް ގަދައަޅާ މަސައްކަތް ކުރުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ ވާޖިބެއް ކަމަށެވެ. އަދި ދަރިންގެ އުމުރުގެ ކުރީކޮޅު މަންމައާއި ބައްޕަގެ ލޯތްބާއި އަޅާލުން ނިހާޔަތަށް ކުދިންނަށް ބޭނުންވާނެ ކަމަށާް ބުނެފައިވެ އެވެ.
ޚުތުބާގައި ބުނީ ދަރިން ދުނިޔެއަށް އަންނަނީ ފިޠުރަތުގެ ސާފުކަންމަތީގައި ކަމަށެވެ. އޭގެ ފަހުން އެ ކުދިންނަށް އަމާޒުވެގެން އަންނަ ޝައިތާނީ ވަސްވާހާއި އެސްފީނާ ފަދަ ކަންތައްތަކުން އެކުދިން ސަލާމަތް ކުރުމަށް ދުއާ ދެންނެވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.
ދަރިން ތަރުބިއްޔަރު ކުރުމުގެ ނަމުގައި، ރުޅި އަންނަ ކޮންމެ ފަހަރަކު ބޮޑެތި ޖިސްމާނީ އަނިޔާތައް ދިނުމަކީ ޖަރީމާއެއް ކަމަށެވެ. އެފަދަ އަނިޔާތަކުގެ ސަބަބުން ދަރިންގެ ހިތްތަކުގައި އުފެދިންގެން އަންނީ ނޭދެވޭ ތަޖުރިބާތަކެއް ކަމަށް ހުތުބާގައި ބުންޏެވެ.
އަދި އެ ކުދިން އަމާން ކަމާއެކު އުޅޭ ގެ، އެ ކުދިންނަށް ތަސައްވަރު ވާނީ ނާމާން ޖަންގައްޔެއްގެ ގޮތުގައި ކަމަށާއި އަޑި ނޭގޭ ބިރުވެރި ފުން ކަނޑެއްގެ ގޮތުގައި ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ ދަރިން ތަރުބިއްޔަތު ކުރުމުގެ ނަމުގައި ބޭނުންހާ ކަމެއް ކޮށްދިނުމަކީވެސް ރަނގަޅު ގޮތެއް ނޫންކަމަށެވެ. އަދި އެގޮތަށް ކަންތައްތައް ކޮށްދޭނަމަ މައިންބަފައިންނަށް ކުޅަދާނަ ނުވާ މިންވަރަށް ދަރިން ކަންތައްތަކަށް އެދެން ފަށާނެ ކަމަށް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް