އިމިގްރޭޝަނުން ދެމުން ގެންދާ ވިސާއާ ގުޅޭ ހުރިހާ ހިދުމަތްތަކެއް ސްޓާ ކްލައުޑްސް އިމާރާތުގެ 8 ވަނަ ފަންގިފިލާއަށް ބަދަލުކޮށްފި އެވެ.
އިމިގްރޭޝަނުން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވިސާ ޑިވިޝަނުން ދެމުންގެންދާ ވީސާ އާއި ގުޅުންހުރި ހިދުމަތްތައް މަޖީދީ މަގުގައި ހުންނަ ސްޓަރ ކްލައުޑްސް އިމާރާތުގެ 8 ވަނަ ފަންގިފިލާއަށް ބަދަލުވާނެ ކަމަށެވެ.
އެ އޮތޯރިޓީން ބުނީ މި ހިދުމަތްތަކާ ގުޅުންހުރި އިތުރު މައުލޫމާތު ސާފު ކުރަން ބޭނުންނަމަ އެ އިދާރާގެ ވޯކް ވިސާ ހޮޓްލައިން އަދި ވޯކްވިސާ ފިޔަވައި އެހެނިހެން ވީޒާތަކުގެ ހޮޓްލައިނަށް ރަސްމީ ދުވަސް ދުވަހުގެ ހެނދުނު 8:00 އިން 2:00 އަށް އަދި ރަސްމީ ބަންދު ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް ގުޅުމުން މައުލޫމާތު ލިބޭނެ ކަމަށެވެ.
ކުރިން ވިސާ ހިދުމަތްތައް ދެމުން ގެންދިޔައީ ވެލާނާގޭ ފުރަތަމަ ފަންގިފިލާއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް