ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ބަލި މީހަކު ނެތި ފެސިލިޓީ ހުސްވެއްޖެ

ހުޅުމާލެ މެޑިކަލް ފެސިލިޓީ ގައި ފަރުވާ ދެމުން ގެންދިޔަ ހުރިހާ ބަލި މީހުން ބަލިން ރަނގަޅުވެ، އެއްވެސް ބަލި މީހަކު ނެތި މުޅި ފެސިލިޓީ ހުސްވެއްޖެއެވެ. އެޗްއީއޯސީގެ އޮފިޝަލަކު މީޑީއާގައި ވިދާޅުވީ އެތަނުގަ...

30 Jul 2021 | 07:35

ހުޅުމާލެ މެޑިކަލް ފެސިލިޓީ ގައި ފަރުވާ ދެމުން ގެންދިޔަ ހުރިހާ ބަލި މީހުން ބަލިން ރަނގަޅުވެ، އެއްވެސް ބަލި މީހަކު ނެތި މުޅި ފެސިލިޓީ ހުސްވެއްޖެއެވެ.

އެޗްއީއޯސީގެ އޮފިޝަލަކު މީޑީއާގައި ވިދާޅުވީ އެތަނުގައި ފަރުވާ ދެމުންދިޔަ މީހުންގެ ތެރެއިން އެންމެ ފަހު މީހާ ރޭ 8:00 ގައި ދޫކޮށްލާފައިވާ ކަމަށެވެ. އެހެން ކަމުން 274 ބެޑްގެ އެތަން މިހާރު ހުރީ ހުހަށް ކަމަށާއި، މިއީ އެތަން މިގޮތަށް ހުސްކޮށް ހުރި ފުރަތަމަ ފަހަރު ކަމަށެވެ.

މިހާރު ކޮވިޑް ޖެހިގެން މުޅި ރާއްޖެ އިން ވެސް އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 13 މީހުންނަށެވެ. އޭގެ ތެރެއިން ދެމީހުން ފިޔަވައި އެހެން ހުރިހާ އެންމެންނަށް ވެސް ފަރުވާ ދެމުން ގެންދަނީ އަތޮޅުތެރޭގެ އެކި ރަށްރަށުގައި ހުރި ކޮވިޑް ފެސިލިޓީތަކުގައެވެ.

މާލޭ ސަރަހައްދުން ކޮވިޑަށް ފައްސިވާ މީހުންނަށް ފަރުވާ ދިނުމަށް މިދިޔަ އަހަރުގެ ޖޫން މަހު ގާއިމު ކުރި ފެސިލިޓީން ބަލި މީހުން ހުސްވި ނަމަވެސް މިދިޔަ މެއި މަހު އެތަނުގައި އެޑްމިޓް ކުރަން ޖެހުނު މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، މުޅި ފެސިލިޓީގެ މަސައްކަތް ބޮއްސުންލައިގެން ދިޔައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް