ވިލިމާލޭގެ ރައްޔިތުންނަށް ހާއްސަ ޕާކިން ޒޯނެއް މާލޭގައި ހަދައިފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ހެދި މި ޕާކިން ޒޯން ހަދާފައިވަނީ މާލޭގެ ހުޅަނގު ފަރާތުން ސުނާމީ ބިނާ މައިޒާން ކުރިމަތިން ބޮޑުތަކުރުފާނު މަގުގައެވެ. އެ ޕާކިން ޒޯނުން ޖާގަ ދުކުރާނީ ވިލިމާލޭ ރަށްވެހިންނަށާއި ދިރިއުޅޭ ފަާތްތަކަށް އެކަންޏެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މި ޕާކިން ޒޯން ގައި ހަތަރު ފުރޮޅުލީ 20 އުޅަނދު ޕާކު ކުރެވޭނެ ކަމަށެވެ. އެގޮތުން ވިލިމާލޭގެ ރަށްވެހިންނަށް ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރަން 15 ޖާގަ ދޫކުރުމަށް ފަހު ބާކީ ފަސް ޖާގަ ދޫކުރާނީ ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކުގެތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށެވެ.
މި ޒޯން ވެސް ހާއްސަ ކުރެވިފައިވަނީ 350 ކިލޯއިން ދަށުގެ ޕިކަޕާއި ކާރާއި ވޭނަށެވެ. ސިޓީ ކައުންސިލުން މިހާރު ޖާގަ ދޫކުރާއިރު އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ސިޓީ އަކުން ހުށަހަޅާނީ ސިޓީ ކައުންސިލްގެ ޢާއްމު ޚިދުމަތްތަކާބެހޭބަޔަށެވެ.
މިކަމަށް އެދި ހުށަހަޅާއިރު އައި.ޑީ.ކާޑް ކޮޕީއާއި އުޅަނދުގެ ރަޖިސްޓްރީ ކޮޕީއެއްވެސް ހުށަހަޅަންޖެހޭނެއެވެ. އަދި ރޯޑް ވާދިނަސް ހެއްދި ލިޔުމާއި އަހަރީ ފީ ލިޔުމުގެ ކޮޕީވެސް ހުށަހަޅަން ޖެހޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
މިތަނުން ޖާގަ ދޫކުރުމަށް ވަރަށް އަވަހަށް އިޢުލާންކުރާނެ ކަމަށް ސިޓީ ކައުންސިިލުން ބުނެ އެވެ. ޖާގަ ދޫކުރުމުގައި ޢަމަލުކުރާނީ ސިޓީ ކައުންސިލްގެ ޕާކިން ޒޯންތަކުން ޖާގަ ދޫކުރާ އުސޫލަށެވެ.
މާލޭ ސިޓީ ކައުންސިލްގެ ޕާކިންގް ޒޯންތަކުން ޓެކްސީ ބޯޑްޖެހި ކާރަށާއި ޕިކަޕަށް މަހަކު 750 ރުފިޔާ ނަގައެވެ. އެހެނިހެން އުޅަނދުތަކަށް މަހަކު 1،500 ރުފިޔާ ނަގާނެ އެވެ.
އެހެންނަމަވެސް މި ދުވަސްވަރަކީ ކޯވިޑް-19ގެ ހާލަތުގެ ދުވަސްވަރު ކަމުން މި ޙާލަތު ބަދަލުވެއްޖެކަމަށް ކައުންސިލުން ކަނޑައަޅަންދެން މިފަދަ އުޅަނދުފަހަރަށް ނަގާނީ މަހަކު 1،000 ރުފިޔާއެވެ.
ވިލިމާލެ އަކީ އާއްމު އުސޫލެއްގެ ގޮތުން އެއްގަމު އުޅަނދުފަހަރު އެރުވުމާއި ރަށުގައި ދުއްވުން މަނާ ރަށެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް