ކޯވިޑް ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 263،000 އަށް އަރައިފި

ރާއްޖެއިން ކޯވިޑް-19 ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު263،000 އަށް އަރައިފި އެވެ. އެޗްޕީއޭއިން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ939 މީހުން ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހާފައިވެ އެވެ. އޭގ...

30 Jul 2021 | 06:30

ރާއްޖެއިން ކޯވިޑް-19 ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު263،000 އަށް އަރައިފި އެވެ.

އެޗްޕީއޭއިން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ939 މީހުން ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހާފައިވެ އެވެ. އޭގެ ތެރެއިން 732 މީހުން އަތޮޅު ތެރެއިން ވެކްސިން ޖަހާފައިވާއިރު މާލެ ސަރަހައްދުން ވެކްސިން ފުރިހަމަ ކުރީ 207 މީހުންނެވެ.

މިއާއި އެކު ކޯވިޑް ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ263،067 އަށް އަރާފަ އެވެ.

އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ71 މީހުންނެވެ. އޭގެ ތެރެއިން 68 މީހުން އަތޮޅު ތެރެއިން ވެކްސިން ޖަހާފައިވާއިރު މާލެ ސަރަހައްދުން ވެކްސިން ފުރިހަމަ ކުރީ ތިން މީހުންނެވެ.

މިހާރު ޖުމްލަ ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި އަދަދަކީ321،594 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް